ޚަބަރު ސިޔާސީ

ގަދަޔަށް ކެމްޕޭނުގައި އުޅެން ފެށުމުން ތުހުމަތެއްކޮށް ނުރައްކަލަށް ހުށަހަޅައިފި: މެޑަމް ފަޒްނާ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ގަދަޔަށް ކެމްޕޭނުގައި އުޅެން ފެށުމުން ތުހުމަތެއްކޮށް ނުރައްކަލަށް ހުށަހަޅައިފި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

މެޑަމް ފަޒްނާ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހުޅުމާލޭގެ ހިޔާ ފްލެޓް ސަރަހައްދަށް މިއަދު ވަޑައިގަތުމުން އެތަނުން އިދިކޮޅު ސަޕޯޓަރުންތަކެއް އެ ކަމަނާއާއި ދިމާކޮށް، ފުރައްސާރަކޮށްފައިވާތީއެވެ.

އެގޮތުން މިކަމާ ގުޅިގެން މެޑަމް ފަޒްނާ މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޔާ ފްލެޓް ސަރަހައްދުން އެކަމަނާ އަށް ފުރައްސާރަ ކުރި ދެ ފިރިހެނުންނަކީ އިދިކޮޅު ކެންޑިޑޭޓަށް ތާއީދު ކުރާ ދެމީހުންކަން އެނގިފައިވާ ކަމަށެވެ.

އެކަމުގެ އެއް ހެއްކަކީ އެކަމަނާއާ އެކު އެވަގުތު އެތަނުގައި ހުންނެވި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ ނިޔާޒު އެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއުއަށް ގުޅުއްވުމުން ޝުޖާއު ދެއްވި ޖަވާބު ކަމަށް ވިދާޅުވި އެވެ.

އެމްޕީ ނިޔާ އިދިކޮޅު ކެންޑިޑޭޓާ ގުޅައި ފޯނުކޮށް މެސެޖު ކުރި ކަމަށާއި އަދިއަދަށްވެސް ޖަވާބު ނުދޭކަމަށާއި އެހެންވީމާ 'އާންމުން ނުކުމެ އޭނާއަށް ބާގީއޭ ގޮވާނީ' ކަމަށް ބުނެ މި ކަމުން ރެކެން އުޅުމަކީ ފިޑިކަމެއް ކަމަށް ފަޒްނާ ވިދާޅުވެފައި ވެއެވެ.

ހަމަ އެހެންމެ އާންމުން ނުކުމެ އެ ކަމަނާއަށް ފުރައްސާރައެއް ނުކުރާނެ ކަމަށާއި މަގުމައްޗަށް ނުކުތީ އަލަކަށް ނޫން ކަމަށް ފަޒްނާ ވިދާޅުވެފައި ވެއެވެ. އަދި އެކަމަނާ އަށް ހުރަސް އެޅީ އިދިކޮޅު ކެންޑިޑޭޓުގެ ޓީމުން ފޮނުވި ބައެއް ކަމަށް ދޭހަވާ ގޮތަށް ފަޒްނާ ވިދާޅުވެފައި ވެއެވެ.

ފަޒްނާ ވިދާޅުވީ ދެ ފިރިހެނުން އެކަމަނާއަށް ފުރައްސާރަ ކުރަމުން ނުދިޔަނަމަ އެކަމަނާ އެތަނަށް ދިޔަކަންވެސް ގިނަ މީހުންނަށް ނޭނގޭނެ ކަމަށާއި އެކަމަކު އެ ހުތުރު އަމަލުގެ ސަބަބުން އެމްޑީޕީގެ ކެމްޕޭނަށް ވީ ފައިދާ ކަމުގައި އެ ކަމަނާ ވިދާޅުވި އެވެ.

މިގޮތުން މިހުން އައިސް ސަލާންކޮށް ގައިގައި ފިރުމާ އެކުގައި ފޮޓޯ ނަގަން އެދުނު ކަމަށާއި ދާން ޝެޑިއުލްކޮށްފައި ނުވާ ފްލެޓްތަކުންވެސް ދައުވަތު ލިބުނު ކަމަށް އެ ކަމަނާ ވިދާޅުވެފައި ވެއެވެ.

މަޣްރިބް ނަމާދަށް ގޮވުމާއި އެކު އެހެން މީޓިންނެއް 6:30 ގައި އޮތުމާއިއެކު މިއަދަށް ކެމްޕޭނު ނިންމާލީ ކަމަށާއި އެހެން ދާއިރާ ތަކުގެ ޑޯޓުޑޯ ނިމުނީމަ ދައުވަތު ދެއްވި އާއިލާތަކަށް ޒިޔާރާތް ކުރާނެ ކަމަށާއި ހިޔާ ފްލެޓްތަކަށް އަދިވެސް ވަޑައިގަންނަވާނެ ކަމަށް ފަޒްނާ ވިދާޅުވި އެވެ.

މީގެ އިތުރުން ފަޒްނާ ވިދާޅުވީ މިއަދު ހިނގާދިޔަ ކަންކަމާ އެ ކަމަނާ ޖެހިލުންވެވަޑައި ނުގެންނެވި ނަމަވެސް މިއަދު ހިނގާ ދިޔައީ ސީރިއަސް މައްސަލައެއް ކަމަށެވެ.

ހަމަ އެހެންމެ ހާލުބަލަން ގުޅުއްވާ މެސެޖް ފޮނުއްވަމުން ގެންދަވާ ހުރިހާ ބޭފުޅުނަށް ޝުކުރުދަންނަވާ ކެމްޕޭންކުރުމުގައި ސާބިތުކަމާއެކު ހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން މެޑަމް ފަޒްނާ ވަނީ ދެއްވާފައެވެ.

  1. މުއިއްޒު އާ އޭނާގެ އަންހެނުން ސާޖިދާ އަށްކުރި ފުރައްސާރަޔޯ

    • ަގިނާ

      އެހެންކިޔާފަ ދެންގޮސް ފެންނަމީހަކަށް ފުރައްސާރަކުރަންވީ؟ އެލެވެލްއަށްނުވެއްޓެންވީ އަސްލު. ތީތިމީހުންގެ ވިސްނުން. ހާދަގަމާރުބައެކޭތީ.ލޮލް

  2. ޙަފްސަ

    ާތިކުރިހިއްވަރަން ހަމަ ސަބަސް

  3. ޢަޒްރާ

    ތިމާމެން އެހެންމީހުނަށްކުރި ފުރައްސާރަ ތިމާމެނަށްވެސް ބަޔަކު ކުރީދޯ

  4. އާދަނާ

    މައުރިބަށް ގޮވީމަ އަދި އެހެންމީޓިންއަކަށްތޯދާންވީ!؟:6:30ގަ އެހެންމީޓިންއަށް އޮތްވާހަކަ ނުދައްކާ ނަމަދަށް ދާންވެގެންނޯބުނިނަމަ ރީތިވީސް، ތީހަމަ މިގައުމުގަ 19 ދިވެހެހިން ޝަހީދުކޮށްލި ބައީގެ ލާދީނީދަރިކަން ވަރަށްސާފް!

  5. ނޮވެމްބަރު

    ތީގެންމީހެއްގެެ ބައްޕަަ ނުވަތަަ މަންމަަ ނުވަތަަ އަބިދަރީންް އަމިއްލަަ ލޯމަތީގަަ ސިއްކަމެންް ފަޒުނާބަފާާ މެންް މަރާލިވާހަކަަ އެމަންޒަރުދުއްް ދަރިފުޅުު އެކިޔާދިނީި އަސަރާއެކުު އެފަދަވަގުތެއްގަަ ދަރިޔަކުު ހުންނާނެެ ގޮތްް އަމިއްލަޔައްް އިހުސާސްް ކޮއްފަަ ފާޑުފާޑުގެެ ވާހަކަަޔާބަޔާންތައްް ނެރުންް ބުއްދިވެރިި މީގަަ ވަކިމީހަކައްތާއީދުު ކުރުމެއްް ނުވަތަަ ތާއީދުު ނުކުރުމެއްނޫންް އެހެންއެގޮވިމީހާގެެ ހާލަތާމެދުު ވިސްނާލުންް ބުއްދިވެރިި ބަޔަކުމަރާކަތިލާާ ބަޑިޖަހާާފަަ ހުރެއްޖެއްޔާާ އެދަރީންގެެ ވިސްނުންް ހުންނާނެެ ގޮތްް އަމިއްލައައްް ހިތައްް ގެނެސްފަަ އެވާހަކަަ ދެެއްކީމާާ ދެންވާހަކަދެއްކޭނީީ ރަގަޅައްް އެވަގުތުު ދިވެހިރައްޔިތަކައްް ކުރިި ލާއިންސާނީީ އަނިޔާާ ހިއުމަންރައިޓްސްއާާ މޯޑިވްޕޮލީސްް އާާ ދެންވެސްް ހުރިފަރާތްް ތަކައްް ނުފެނިި އަދިވެފަތިބިތިބުމަކީީ މިގައުގަަ އިންސާފެއްް ނެތްކަންް ސާބިތުވާާ އަލިގަދަަ ހެއްކެއްް ސިޔާސީގޮތުންއެއްލޯކަނުވެފަތިބޭބަޔަކައްް ހަމަމަންޒަރެއްނުފެންނާނެެ