ޚަބަރު ސަރުކާރު ސިޔާސީ

ސަރުކާރުގެ މަޝްރޫޢުތައް ލަސްވަނީ އެޑްވާންސަށް ފައިސާ ދޫކޮށް، އެކި މީހުންނަށް ބައި އަޅާތީ: މުއިއްޒު

ޙައްވާ އިނާޝާ ، ދެން އޮންލައިން
ޑރ. މުއިއްޒު ޅ. ހިންނަވަރުގައި ވާހަކަފުޅު ދައްކަވަނީ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން މި ފަސް އަހަރު ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުން ބޭނުންވާ ވަރަށް ކުރިއަށް ނުދަނީ އެޑްވާންސަށް ވެސް ގިނަ އަދަދެއްގެ ފައިސާ އެކި ފަރާތްތަކަށް ދީ ބައި އަޅަމުންދާތީ ކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ. މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް ށ. މާއުނގޫދު އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއް ވާނީ މި ސަރުކާރުން ރައްޔިތުންނަށް ގެނެސްދިން މާޔޫސްކަން ފިލުވައިދޭނެ ސަރުކާރަކަށް ކަމަށާއި ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް ނަތީޖާ ނެރެދޭނެ ކަމަށެވެ.

މިދިޔަ ފަސް އަހަރު ތަރައްޤީގެ މަޝްރޫޢޫތައް ރައްޔިތުން ބޭނުންވާ ސްޕީޑްގައި ކުރިއަށް ނުދާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެގޮތަށް ކަންތައް ވަނީ މަޝްރޫޢުތަކަށް އެޑްވާންސަށް ފައިސާ ދޫކޮށް، އެކި މީހުންނަށް ބައި އަޅާތީ ކަމަށެވެ.

މިގޮތުން މުއިއްޒު ވަނީ މާއުނގޫދޫގެ ނަރުދަމާގެ ނިޒާމުގެ މަޝްރޫޢު ފަށާފައިވީ ނަމަވެސް އެ މަޝްރޫއު މިހާތަނަށް ނިންމާފައި ނެތުމަކީ ބައެއް މީހުންގެ ކަންބޮޑުވުން ހުރި މައްސަލައެއްކަން ފާހަގަކޮށްފައެވެ.

ހަމަ އެހެންމެ މި ފަސް އަހަރު މިދިޔަ ގޮތަށް ރައްޔިތުންގެ އުއްމީދުތައް ބޮލާލައި ޖަހާ އަމިއްލަ އެކިއެކި ފަރާތްތަކަށް އެޑްވާސަށް ފައިސާ ދީ، މަޝްރޫޢުތައް ހުއްޓުވާފައި އޮންނަ އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީގެ ކަންކަން އިސްކަންދީގެން ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Ads by HDC
  1. ދިވެހި މުސްކުޅިން

    ދިވެހި ރައްޔިތުންނޭވެއވެ. މި އިންތިޚާބުގެ ފުރަތަމަ ބުރުން ފެނުނު ހަގީގަގަތަކީ މުއިއްޒު އަށް 180000 ހާއަށްވުރެ ގިނަ މީހުން ބުނީ ނޫނެކޭ ކަން އެބަހީ އެމީހުން ވޯޓް ދިނީ އެނޫން ފަރާތްތަކަށް 2 ވަނަ ބުރުގާ ވާދަ މި ކުރަނީ ރައީސް އިބޫ އާއި މުއިއްޒު ވީމާ އެންމެން 2ވަނަ ބުރުގައި ރައީސް އިބޫ އަށް ވޯޓް ދެމާ ބަހީ ނޫނީ ގައުމުގެ ހަލަބޮލިވެ ޞުލްޙަ މަސްލަޙަތު ގެއްލި ހިގައިދާނެ ޕީޕީއެމް/ޕީއެންސީ ހިމެނޭ ވެރިކަމަކީ މި ގައުމަށް ނުރައްކާވާނެ ވެރިކަމަކަށް ވެގެންދާނެ މިއީ ގައުމު ހިންގުމުގައި ފެނި ތަޖުރިޖާ ކުރެވިފައިވާ ހަގީ ގަތެއް ހެރޮ ވެރިކަމެއް ލިބިފަ އޮތުމަޖީ ބޮޑު ވެގެންވާ ނިޢުމަތެއް ﷲ ދެއްވާ ނިޢުމަތްތަކަށް ފުރަގަސް ނުދޭ