ޚަބަރު

ގޮތްދޫކުރައްވައި، ނިޒާމީ ވޯޓު ނަންގަވަން ރައީީސް އެއްބަސްވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ދޮރުން ދޮރަށް ހިންގަވަނީ/ ފޮޓޯ: އެމްޑީޕީ

ޑިމޮކްރެޓްސްއިން ރުހޭގޮތަށް ނިޒާމީ ވޯޓު ނަގަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެއްބަސްވެވަޑައިގެންފިއެވެ.

Ads by STELCO

ރައީސް ޞާލިޙު މިކަން ހާމަކުރައްވައިފައި ވަނީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގައި މާލޭގައި މިއަދު ދޮރުން ދޮރަށް ހިންގަވަން ނުކުމެވަޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ "ދަ ޑިމޮކްރެޓްސްް" އާއި އެކު ކުރިއަށް ގެންދާ މަޝްވަރާގައި އެ ޕާޓީން ބާރު އަޅަނީ ނިޒާމު ކަަނޑައެޅުމުގެ ފެންނަ ނުފެންނަ ވޯޓު ނަގަން ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަންނަވަނީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން، މިމަހުގެ 25 ގައި އެ ވޯޓް ނެގުމަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އއެއީ އެހައި "ޕްރެކްޓިކަލް" ކަމެއް ނޫން ކަމަށެވެ.

 

"އަޅުގަނޑު ދެންނެވިން އެއީ އެހާ ޕްރެކްޓިކަލް ކަމަކަށް ނުވާނޭ، ހިނގާށޭ ވޯޓަށް ފަހުގައި އެއާ ދޭތެރޭގައި ޑޭޓެއް ކަނޑައަޅަން."

ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ތާރީޚަކާއި ގުޅޭގޮތުން ވެސް، ޑިމޮކްރެޓްސް އާއިއެކު މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ރައީީސް ވިދާޅުވިއެވެ.

 

  1. ވާނުވާ

    ތިޔަ މީހާ ވޯޓް ލިބުމުން ފިލާނެ ރައްޔިތުން ބަރުލަމާނީ އަކަށް ތާއީދު ނުކުރާނެ