ޚަބަރު ސިޔާސީ

ޑިމޮކްރަޓްސްގެ ފަރާތުން ދެ ޕާޓީއަށް ހުށަހެޅުންތަކެއް، އެއްބަސް ނުވާނަމަ ތާއީދެއް ނެތް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

މިރޭ ބޭއްވި ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުގެ ބައްދަލުވުމުގައި މުހައްމަދު ޝިފާޒް ހުށަހެޅުއްވި ގަރާރުގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ދެ ޕާޓީއަށް ތަފާތު ދެ ހުށަހެޅުމެއް ހުށަހަޅާ، އެކަމަށް އެއްބަސްވުމަށް ދެ ދުވަހުގެ މުއްދަތެއް ދިނުމަށް ހުށަހަޅާފިއެވެ.

Ads by Sosun Fihaara

ޝިފާޒް ހުށަހެޅުއްވި ޤަރާރުގައި ވަނީ މައިގަނޑު 3 ކަމަކަށް އަލިއަޅުވާލާފައެވެ. އެއީ:

  1. ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން 28 ސެޕްޓެންބަރު 2023 ގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް 20 ސެޕްޓެންބަރު 2023 ގެ ކުރިން އެމްޑީޕީން އެއްބަސްވާނަމަ، އެ ޕާޓީއާއެކު މަޝްވަރާކުރުން
  2. ޕީޕީއެމްއާއެކު ސަރުކާރު އުފެއްދުމަށް ޑިމޮކްރެޓްސް ބައިވެރިވާނޭ މިންވަރާއި އެ ސަރުކާރުގައި ޑިމޮކްރަޓްސްގެ ސިޔާސަތުތައް ހިމެނޭނޭ މިންވަރު ބަޔާންކުރާ ލިޔުމެއްގައި 20 ސެޕްޓެންބަރު 2023 ގެ ކުރިން އެ ޕާޓީން ސޮއިކުރަން އެއްބަސްވާނަމަ، ޕީޕީއެމްއާއެކު މަޝްވަރާކުރުން
  3. އެމްޑީޕީ އާއި ޕީއެންސީއަށް ހުށަހަޅާ ހުށަހެޅުންތައް، އެދެޕާޓީންކުރެ އެއްވެސް ޕާޓީއެއް އެއްބަސްނުވާނަމަ، އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ އެއްވެސް ޕާޓީއަކަށް ޑިމޮކްރަޓްސްއިން ތާއީދުނުކުރުމަށް، އެޕާޓީގެ އިންޓަރިމް އިން ނިންމުން

ޝިފާޒް ވިދާޅުވީ، ދެވަނަ ބުރުގައި އެޕާޓީން ނިންމާނެ ގޮތަކާމެދު އެކި ގޮތްގޮތަށް މަޝްވަރާތައް ކުރިއަށް ގެންދިޔަކަމަށެވެ. އިތުރަށް ޝިފާޒް ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ކޯލިޝަން ސަރުކާރުތަކާއެކު މަސައްކަތްކޮށްގެން ތަފާތު ތަޖުރިބާ ކުރެވިއްޖެކަމަށާއި އެބޭފުޅާ ދެކިލައްވާ ގޮތުގައި ސަރުކާރަކާއި ގުޅުމަކީ ބުއްދިވެރިކަމެއް ނޫންކަމަށެވެ.

"ކޮންމެ ފަހަރަކު ސަރުކާރެއް އެބައާދޭ، އެ ސަރުކާރެއް އަންނައިރުގާ ކޮންމެ ޕާޓީއަކަށް އިރުހަނދާ ތަރިތައް ލާދޭ އުނގަށް"

"ދެތިން ދުވަހެއްގެ ސަރުކާރު ވަޒީފާއަކަށް، ކޯލިޝަން ސަރުކާރަކަށް ދިއުމުގެ ތަޖުރިބާ، ތި ހުރިހާ ބޭފުޅުން ވަނީ ކޮށްފައި، އަޅުގަނޑުގެ އަމިއްލަ ނަޒަރުގައި ސަރުކާރެއްގައި ބައިވެރިވުން އެއީ އެހާ ބުއްދިވެރިކަމެއް ނޫން"

ޝިފާޒް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތްނަމަވެސް، އެކަމާ އެޕާޓީން ހާސްވާކަށް ނުޖެހޭކަމަށެވެ. އަދި އެޕާޓީއަކީ ވަކި އުޞޫލެއްގެ މަތިން އަބަދުވެސް ހިނގަމުން އައި ބައެއްކަމަށާއި، ސަރުކާރުން ލިބޭނެ ވަގުތީ މަންފާއަކަށްވުރެ ބޮޑަށް އެޕާޓީން އަބަދުވެސް ހިފަހައްޓަމުން އައި އުޞޫލުތަކުގައި ހިފަހައްޓައި، ޕާޓީ ކުރިއެރުވުމަށް މަސައްކަތްކުރުމަކީ މާ މުހިއްމު ކަމެއްކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޑިމޮކްރަޓްސް ޕާޓީގެ ކައުންސިލްގެ 86 މެންބަރުންގެ ތެރެއިން، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ 64 މެންބަރުންނެވެ. މި 64 މެންބަރުންގެ ތެރެއިން 50 މެންބަރުންގެ އަޤުލަބިއްޔަތާއެކު ޝިފާޒް ހުށަހެޅުއްވި ޤަރާރު ވަނީ ފާސްކޮށްފައެވެ.

Ads by HDC
  1. ހަސަނުގެ ދަރި ލަތީފް

    ޓާއީދު ބޭނުމެއްވެސް ނުވާނެ އެންމެ ފނަރަހާސް ވޯޓު ލިބިގެން މިފުއްޕަނީ

  2. ކަނބުލޮ

    ތިޔަ ބައިގަނޑު ދޫކޮށްލާ ތިޔަ ބައިގަނޑާ ކޯލިޝަން ހަދާނެކަމެއްނެތް. މުއިއްޒުއަށް ކާމިޔާބުވާނެ އިންޝާﷲ