ޚަބަރު ސިޔާސީ

އިންތިޚާބުގައި ރައްޔިތުން ނިކުމެ ރައީސަކަށް 38 އިންސައްތަ ދިނީމާ، ސަރުކާރު "ލެޖިޓިމޭޓް" އެއް ނުވާނެ: ޝިޔާމް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިކުމެ ރައީސަކަށް 38 އިންސައްތަ ވޯޓު ދިނީމައި، ސަރުކާރު "ލެޖިޓިމޭޓް" އެއް ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޝިޔާމް މިހެން ވިދާޅުވީ ރޭ މާލޭގެ މާފަންނު އުތުރުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ ދައުލަތުގެ ޚަރަދުގައި ސިޔާސީ ބޭނުންތަކަށް ކުރެވިގެން ނުވާނެކަމަށާއި، އެއީ ޤާނޫނީގޮތުން ކުށެއްކަމަށެވެ. އަދި ދައުލަތުން 3 މަސް ދުވަހު ހޭދާކުރާ ފައިސާ، ކެންޕެއިންގެ 21 ދުވަހު އެކަނި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ހޭދަކުރައްވައިފިކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ ދައުލަތުގެ މާލިއްޔަތަށް މިހާ ބޮޑަށް ޚިޔާނާތްތެރިވެފައިވާއިރު އިންސާފުވެރިކަމާއެކު ކުރެވޭނެ އެއްވެސް މަސައްކަތެއް އޮންނާނެކަމަށް ޤަބޫލުނުކުރައްވާކަމަށް ވިދާޅުވެފައެވެ.

ކަންމަތީ ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ކެންޕެއިންތެރޭގައި 3 ދުވަސް ރައީސް ހޭދަކުރެއްވީ އެންމެ ރައްޔިތަކާއެކުކަމަށާއި، އަތޮޅުތެރޭ ގިނަ ރަށްރަށަށް ރައީސް ވަޑައިނުގަންނަވާކަމަށެވެ.

ޝިޔާމް ވިދާޅުވީ މި އިންތިޚާބުގައި ރައީސް

"ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ނިންމަފާވައި މިއޮތީ ރައްޔިތުންގެ ވޯޓުން ދެވަނަ ބުރު ކާމިޔާބު ކުރާކަށްނޫން، ވޯޓުން ވައްކަންކޮށްގެން ނޫނީ އޮޅުވާލައިގެން ދެވަނަ ބުރު ކާމިޔާބުކުރުމުގެ ވިސްނުންފުޅު އެބޭފުޅުންގެ ހުރީ"

ޝިޔާމް ވިދާޅުވީ ފުރުތަމަ ބުރުގައި ރައީސްއަށް ލިބުނު ނަތީޖާގެ ސަބަބުން، ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ސަރުކާރަށް ތާއީދުކުރާ ވިޔަފާރިވެރިންގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ތިބީ ވަޒީފާ ގެއްލިދާނެތީ ބިރުންކަމަށެވެ. ނަމަވެސް މިހާރު އެމުވައްޒަފުންނާއި، މުޅި ސިވިލް ސަރވިސް އޮތީ ޑރ. މުއިއްޒުގެ ފަހަތުގައިކަމަށް ޝިޔާމް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!