ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ މުޅި ރާއްޖެގެ ހުރިހާ ކަންކޮޅުތަކެއް ނާމާން ތަނަކަށް ހަދާފައި ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްއެންޕީގެ ނައިބު ރައީސް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވީ މާލެއިން ޒުވާނަކު ގެއްލިގެން ހޯދަމުން އަންނަ ޚަބަރު ޓްވިޓާގައި ހިއްސާކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ދުންޔާ ވިދާޅުވީ އެ ޒުވާނާ ސަލާމަތުންހުރެ އަވަހަށް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މި ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކީ ޒުވާނުންނަށާއި އެހެން މީހުންނަށް ވެސް އުޅެން ނާމާން ތަންތަނަށް ހަދާފައި ކަމަށް ދުންޔާ ވަނީ ވިދާޅުވެފައެވެ.
ހަމަ އެހެންމެ ޒުވާނުންނަށް ހުރި ފުރުސަތުތައް ބަންދުކޮށް އެމީހުންގެ އުންމީދު ތަކުގައި މި ސަރުކާރުން ކަސްތަޅު އަޅުވާފައިވާ ކަމަށް ވެސް ދުންޔާ ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިހްގެ ސަރުކާރުގައި ރާއްޖެ ނާމާން ތަނަކަށް ހަދާފައިވާކަމަށް އެމްއެންޕީގެ ނައިބު ރައީސް ދުންޔާ ވިދާޅުވެފައިވާއިރު މި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކާއި ސަރުކާރުގެ އިސްވެރިންވެސް އެންމެ ގިނައިން ވިދާޅުވަމުން އަންނަ ގޮތުގައި މި ފަސް އަހަރަކީ އެންމެ ކުށްމަދު ފަސް އަހަރެވެ.
ކުއްމަދުވީ ކުއްކުރާމީހުން ސަރުކާރުގެ އޮފީސްތަކުގެ ގޮނޑިތަކުގަ ތިބީމަ. ޢެމީހުނަށް ގޮނޑި ގެއްލުމާއެކު ގައުމުގެ ކުށް ގިނަވަންފަށާނެ. މަގުމަތި ނާމާންވާނެ.