ޚަބަރު ސިޔާސީ

އަމާން ރާއްޖެއަކަށް ދާން މިކުރާ ދަތުރު ކާމިޔާބު ވާނެ: ރައީސް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރާނީ ބޮޑު ތަފާތަކުންކަމަށާއި ރާއްޖޭގެ ރައްޔިތުންނާއެކު އަމާން ރާއްޖެއަކަށް ދާން މިކުރާ ދަތުރު ކާމިޔާބު ވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރޭ ގަލޮޅުގައި ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ޓީމު އޮތީ ދެވަނަ ބުރަކަށް ތައްޔާރުވެގެން އެކަމަށް ވިސްނައި ޕްލޭންވެސް ކުރައްވައިގެން ކަމަށެވެ. އަދި ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އަދި ކުޅެވުނީ އެއް ހާފު. އޮތީ ތިން ގޯލް އެއް ގޯލްގައި، ހާފް ޓައިމްގަ ޗޭންޖިން ރޫމަށް ވަދެ މި ތިބީ އަލަށް ރާވާލައިގެން. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންނާއި ފޯވާޑުން މި ތިބީ. ދެވަނަ ހާފަށް މި ނުކުންނަނީ މާގަދަކޮށް. މާގަދަކޮށް. މި އިންތިހާބު ކާމިޔާބު ކުރާނީ ބޮޑު ތަފާތަކުން" ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންނާ އެކު އަމާން ރާއްޖެއަކަށް ދާން އަޅުގަނޑުމެން މި ކުރާ ދަތުރު ކާމިޔާބު ވާނެ!"

މި ޖަލްސާގައި ރައީސް ވަނީ ހުރިހާ ދާއިރާއެއްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރުގެ ޖަނަވަރީ މަހުގައި ބޮޑުކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މުސާރަ ބޮޑުކުރާ ދާއިރާތަކުގެ ތެރޭގައި ފުލުހުންނާއި ސިފައިން، ޝަރުއީ ދާރިއާ، ސިވިލް ސަރވިސް، މިނިވަން މުއައްސަސާތައް، އިމިގްރޭޝަނާއި ކަސްޓަމްސް، ކައުންސިލްތަކާއި އިމާމުންނާއި މުދިމުން ހިމެނެއެވެ.

"މި އަންނަ މަހު މަޖިލީހަށް ހުށަހަޅާ 2024 ވަނަ އަހަރުގެ ބަޖެޓްގައި އިރާދަކުރެވިއްޔާ މިކަން ހިމަނައި އަޅުގަނޑުމެން ފާސްކުރާނަން" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސްޓޫޑެންޓް ލޯނު ދެއްކުމަށް ދަތިވާކަމަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޝަކުވާ ކުރަމުން އަންނަކަމަށާއި، އެ ލޯނު ނުދެއްކުމުގެ ސަބަބުން ކޯޓު މަރުހަލާގައިވެސް އެތައް ބަޔަކު އުޅެމުން އަންނަކަމަށެވެ. ރައީސް ޞާލިޙް ވަނީ ސްޓޫޑެންޓް ލޯނު ވަކި އުޞޫލުތަކަކުން މައާފުކޮށްދިނުމުގެ މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

"އެކަމާ ކަންބޮޑުނުވުމަށް އަޅުގަނޑު ދަންނަވަން. އަޅުގަނޑުމެން މި ދަނީ ސްޓޫޑެންޓް ލޯނު ވަކި އުޞޫލަކުން މައާފުކުރެވޭނެ ގޮތްތަކެއް ހަދަން. އިރާދަކުރެއްވިއްޔާ އެ ލުއި އަޅުގަނޑުމެން ދޭނަން" ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންނާ އެކު އަމާން ރާއްޖެއަކަށް ދާން އަޅުގަނޑުމެން މި ކުރާ ދަތުރު ކާމިޔާބު ވާނެ!"

ކުރީގެ ސަރުކާރުން ރަށްރަށަށް އިހުމާލުވެފައިވާ މިންވަރު ކިޔައިދެއްވަމުން ރައީސް ޞާލިޙު ވަނީ އިދިކޮޅު ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއަށާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމިންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

Ads by HDC
  1. ޢަޒްރާ

    އަމާން ރާއްޖޭގަ ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އިންތިހާއަށް ވައކަމާއި ފޭރުން ރިކޯޑު ައުލަތުގެ ފައިސާ ވަގައްނެގުމާއި ބޭނުން ކުރުން އެވްރެޖް މައްޗަށް ގޮތް ނޭނގޭ މަރުތަކާއި މަރުގެ މައްސަލަ އިންތިހާއަށް ކަރުބުރިކޮއް މީހުން މެރުން އަލަށް ތަޢާރަފް ވީ އެއްޖިންސުން ގުޅުން ހިންގުން މަޖަލަކަށް ހެދި އެމީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނާޅަ ބައެއް މީހުން ދޫކޮއްލުން ގައުމުގަ ފިތުނަ ފަސާދަ އުފެއްދުން ވީ އިތުރު ވެންޓިލޭޓަރ ނުގެނެސް ފައިސާ ކާލައިފި އިދިކޮޅުގެ އެއްވުންތަށް ހުއްޓުވާ ފުލުހުންނާ ސިފައިން ސިޔާސީ ބޭނުން ހިފައިފި ކަނޑު ވިއްކާލައިިފި ތަކެތީގެ އަގު އަތްނުފޯރާ ފަށަށް ގޮސް އިންފްލޭޝަން އެތައް ގޮތަކުން ަތި ވެއްޖެ ރައްޓެހިންނާއި ޕާޓިއާއި އާއިލާ މީހުންނަށް ބައިތުލް މާލު ބަހާ ހުސްކޮއްލައިފި އިސްލާމް ދީނަށ ފުރައްސާރަ ކުރުން ޢާންމު ވެއްޖެ