ރިޝްވަތަކީ ހަދިޔާއެއް ނޫން, އެއީ ދެވޭ ޒަހަރެއް: ޚުތުބާ

ރިޝްވަތަކީ ހަދިޔާއެއް ނޫން ކަމަށާއި އެއީ ދެވޭ ޒަހަރެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޟޫއުއަކީ" ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ނުބައިކަން" މިއެވެ.
ޚުތުބާގައި ބުނެފައިވަނީ ދުނިޔެއަށް ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ނުރައްކާތެރިކަން ފިލުވަން އެންމެ އުނދަގޫ ވަބާއަކީ ރިޝްވަތުގެ ވަބާ ކަމަށެވެ. އަދި އެއީ ވަރަށް ސިއްރު ގޮތެއްގައި ކުރެވެމުންދާ ކަމެއް ކަމަށާއި ވަރަށް ގިނަ މުޖްތަމަޢު ތަކުގައި ރިޝްވަތުގެ ވަބާ އާންމުވެފައިވާ ކަމަށް ހުތުބާގައި ބުންޏެެވެ.
ބައެއް މުޖްތަމަޢު ތެރޭގައި ރިޝްވަތާއި ނުލައި އެއްވެސް ކަމެއް ނުކުރެވޭ ކަމަށާއި އަދުލު އިންސާފު ގާއިމް ކުރުމަށް ހުންނަ އިދާރާތަކުގައި ވެސް ރިޝްވަތުގެ އަމަލުތައް އިތުރުވެފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ އެފަދަ ކަންތަތަކަކީ ޤައުމާއި މުޖްތަމަޢު ހަލާކުގެ ތެރެއަށް ވައްޓާލާނެ ކަމެއް ކަމާށާއި އެކަމުގެ ސަބަބުން ގައުމުގެ ތެރައްގީގެ ދުވެލި މަޑުޖެހި ކުރިއެރުމަށް ހުރަސްއެޅޭނެ ކަމަށް ހުތުބގައި ބުންޏެވެ.