ޚަބަރު

މިއީ ފުރަބަންދަކަށް ދާންވީ ވަގުތު: ޑރ. ޝީނާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ ރާއްޖެ އަނެއްކާވެސް ފުރަބަންދަކަށް ދާންވީ ވަގުތު ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑރ. ޝީނާ ވިދާޅުވީ ކޮވިޑް ފެތުރޭ ކެޕޭސިޓީއަށް ބަލާއިރު ސިއްޙީ މާހިރެއްގެ ހައިސިއްޔަތުން ވިދާޅުވާ ނަމަ މިއީ ފުރަބަންދަކަށް ދާންވީ ވަގުތުކަމަށެވެ.

ރާއްޖެޓީވީގެ "ޚަބަރުފީތާ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ ގައިޑްލައިންތަކާއި އެކު ހުޅުވާލި ކަމުގައި ވިޔަސް، ބަލި ޖެހޭމީހުންގެ އަދަދުތައް އިތުރުވަމުންދާނެ ކަމަށާއި ބަލި ފެތުރުން އިތުރުވާނެކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށްވެސް އެނގޭ ކަމަށެވެ.

"އެކަމަކު އުއްމީދަކީ ގައިޑްލައިންސް ފޮލޯ ކުރާނެއޭ، އެހެންވީމަ އަހަރުމެންނަށް ކޮންޓްރޯލް ލެވެލްއެއްގައި ގެންގުޅެވޭނެއޭ،އެއީ އުއްމީދަކީ، އެއަށް ބޭސްކޮށްފައި މަޑުމަޑުން ހުޅުވާލަނީ" ޑރ. ޝީނާ ވިދާޅުވިއެެވެ.

ޑރ. ޝީނާ ވިދާޅުވީ އުއްމީދުކުރި ވަރަށްވުރެ ބޮޑަށް ބަލި ފެތުރިގެން މިދަނީ މާލޭގެ މާހައުލު އޮންނަ ގޮތުން ކަމަށެވެ.

"އާއްމު އިޖުތިމާއީ ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަން، އެހެންވެގެން ކަންނޭނގެ އެހާ ބޮޑަށް އޭތި އުއްމީދުކުރި ވަރަށް ވުރެ ބޮޑަށް ފެތުރިގެން މި ދަނީ އަސްލުގަ" ޑރ. ޝީނާ ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ޑރ. ޝީނާ ވިދާޅުވީ ކޮވިޑް ފެތުރޭ މިންވަރު މޮނީޓަރ ކުރަމުންދާ މިދަނޑިވަޅުގައި މިދިޔަ ހަފްތާ ނިމުނުއިރު އިންޑިކޭޓާސް ތަކަށް ބެލިއިރު ފުރަބަންދަށް އެރުމަށް އިނީ އެންމެ ޕޮއިންޓެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!