ޚަބަރު ސިޔާސީ

ވޯޓް ކަރުދާސްތައް އަތޮޅުތަކަށް ފޮނުވަން ފަށަައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ބޭނުންކުރާ ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި އަތޮޅުތަކަށާއި ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފައްޓަވައިފިއެވެ.

Ads by STELCO

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގެ ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ވޯޓުކަރުދާހާއި އެހެނިހެން ތަކެތި، މާލެއަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅުތަކަށް، މިއަދު ހެނދުނު ފުރުވާލާފައިވާ ކަމަށެވެ.

އަދި  މާލެއަތޮޅަށް ފޮނުވަން ހަމަޖެހިފައިވަނީ މާދަމާ ކަމަށާއި ވޯޓުކަރުދާހާއި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުން، އެންމެމަތީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ކަމަށް ހަބީބް ވިދާޅުވިއެވެ.

"އަތޮޅުތަކަށް ފޮނުވޭ ތަކެތި، މާދަމާ ހެނދުނުން ފެށިގެން، އަތޮޅުގެ އެހެން ހުރިހާ ރަށަކަށް ފޮނުވޭނެ" ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުން ކުރި ހޯއްދެވި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!