ޚަބަރު ސިޔާސީ

އިންތިޚާބުގައި އަޅުގަނޑު ވާދަކުރިނަމަ ހޮވޭނެހެން ހީވޭ: ރައީސް ނަޝީދު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ސެޕްޓެންބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސް ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވާދަކުރެއްވިނަމަ، އެމަނިކުފާނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެކަމަށް ހީފުޅުވާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އޮންލައިން ނޫހަކަށް ދިން ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ހަޔާތުގައި އިސްލާހީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި ޒުވާން ޖީލަށް އެ މަސައްކަތް އަލުން ކުރަން ނުޖެހޭނެކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަ ނުކުރަން ނިންމެވީ ޒުވާން ޖީލަށް އެ ފުރުސަތު ހުޅުވާލުމުގެ ބޭނުމުގައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ކުރިމަތިލި ނަމަ އަޅުގަނޑަށް ހީވަނީ ހޮވޭނެ ހެން." ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ވަކި ސައިޒެއް ނުވަތަ ބާރާއި ނުފޫޒު ހުރި ބޭފުޅެއްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި އޭގެ ބަދަލުގައި ވަކި އުސޫލުތަކާއި ހަމަތަކެއް ހިފަހައްޓަވަން މަސައްކަތް ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ނުދެކެން އަޅުގަނޑަކީ އެއްވެސް އިރެއްގައި ނުފޫޒު ގަދަ މީހެއް ގޮތުގައެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އިލްުޔާސް ލަބީބު، ޒުވާން އުމުރުގައި ފުރަތަމަ ފަހަރަށް އެ ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެހާ ބައިވަރު ފައިސާ އާއި ނުފޫޒާއި ނާޖާއިޒު އެތައް ކަމެއް ހިންގަމުން ދިޔައިރު އިލްޔާސް އެހާ ގިނަ ވޯޓު ހޯދުމަކީ އެ ބޭފުޅާގެ ކުޅަދާނަ ކަން ކަމަށެވެ.

Ads by Ooredoo
  1. ކަމަނަ

    ދެން ތިހުރި ކުޅަދާނަކަމެއް ދައްކާލަން މިބުރު އިބޫއާ ގުޅިބަލަދޯ

  2. ދޮށީބޭ

    ވެއްޓިއްޖެއްޔާ ހޮވާފާނަން،ކާށިހޮވާހެން ކުންނާރު ހޮވާގޮތަށް،އެހެންގޮތަކަށް ހޮވުމުގެ ފުރުޞަތުގެއްލި ފެއިލްވެފަ.

  3. ނުހޮވޭނެ..ނުދޭނަން ވޯޓް…