އަޅުގަނޑު ނޫންގޮތެއް ހޯދައިފިނަމަ ހަމަ ގައިމުވެސް އިސްލާމް މާއްދާ ކިޔަވައިދޭނީ އިނގިރޭސިން: މުޢިއްޒު
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒުއަށް ވޯޓު ނުދެއްވައިފިނަމަ، ހަމަ ޔަޤީނުންވެސް އިސްލާމް މާއްދާ ދަރިވަރުންނަށް ކިޔަވައިދޭނީ އިނގިރޭސި ބަހުން ކަމަށް މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުޢިއްޒު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިރޭ ސަލްޓަމްޕާކުގައި އޮތް އިވެންޓުގައި, މުޢިއްޒުގެ އެމަނިކުފާނުގެ ވެރިކަމެއްގައި އިސްލާމް މާއްދާ ކިޔަވައިދެއްވާނީ އިނގިރޭސި ބަހުންތޯ އަދި ތައުލީމީ ދާއިރާގައި މިހުރި ކަންބޮޑުވުންތަކާއިމެދު ޖުމްލަ ގޮތެއްގައި ހުރި ވިސްނުންތަކަކީ ކޮބައިތޯ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތުގައި ހުށަހަޅުއްވަނީ ޤައުމިއްޔަތު ކަމަށާއި ބޭނުންފުޅުވަނީ ދިވެހިންގެ ރާއްޖޭގައި ޤައުމިއްޔަތަށް ރައްޔިތުން ލޯބިކުރުންކަމަށެވެ. އަދި ސުކޫލަށް ދާ ކުދިން ޤައުމިއްޔަކަށް ލޯބި ޖައްސުވާނެކަމަށާއި އިސްލާމްދީނަށްވެސް އެކުދިންގެ ހިތްތަކުގައި ލޯބި އުފައްދަވާނެކަމަށެވެ.
"30 ވަނަ ދުވަހުގެ ވޯޓުގައި އޮތީ ދެ ޗޮއިސްއެއް. އަޅުގަނޑަށް ވޯޓު ނުދީ ރައްޔިތުން ގޮތެއް ޗޫސް ކޮށްފިއްޔާ ގައިމުވެސް އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދޭނީ" މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު މި ހުށަހަޅަނީ މަންހަޖުގައި ޤައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދޭން، އޭރުން އަޅުގަނޑުމެންނަށް ދިވެހިބަހަށް ލޯބި ކުރުމުގަ އެކުދިންގެ ހިތްތަކުގައި ލޯބި އުފެއްދޭނެ، އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމުގަ އެކުދިންގެ ހިތްތަކުގައި ލޯބި އުފެއްދޭނެ، ރީތި އާދަކާދަތައް، ތަރުބިއްޔަތުތައް އިރާދުކުރެއްވިއްޔާ އެކުދިންނަށް ދަސްކޮށްދެވޭނެ، ރިވެތި އަޚްލާޤް ދަސްކޮށްދެވޭނެ" މުއިއްޒު ވިދާޅުވިއެވެ.
އަދި ދިވެހިންގެ މާޒީއާއި ތާރީޚް ފަޙުރުވެރިކަމާއިއެކު ބަލައިގަންނަ ކުދިންތަކެއް ތަރުބިއްޔަތުކުރަން ޖެހޭކަން ފާހަގަކުރައްވަމުން މުއިއްުޒ ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގެ ދަށުން ހުށަހަޅާ ކަންތައްތަކުގެ ސަބަބުން ދިވެހިންގެ ތާރީޚަކީ ދިވެހި ޅަކުދިން ފަޚްރުވެރިކަމާއެކު ބަލައިގަންނަން އެކުދިންގެ ހިތްތަކުގައި ބިންވަޅު އެޅިގެންދާނެ އެއްޗަކަށް ވެގެންދާނެކަމަށެވެ.
މީގެ ސަބަބުން، ދިވެހިންގެ އަބްޠާލުން ކުރި ޖިހާދުތަކަށް އެކުދިން އުފާވާނެކަމަށާއި އެފަދަ ޖީލެއް އުފެއްދޭނެ ގޮތަށް އެމަނިކުފާނު އިރާދުކުރެއްވިއްޔާ ޤައުމިއްޔަތާއި ތަރުބިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ހިމަނައިގެން ކިޔަވައިދޭނެ ކަމުގެ ޔަޤީންކަން މުއިއްޒުވަނީ ދެއްވާފައެވެ.
ޥަރަށް މަޖާކަމެއްތީ
މިހާރު މިކިޔަވާދެނީ އިގިރޭސި ބަހުންދޯ
ޢެހެންވެ އޭތި ބަދަލުވޭތޯ ބަލަން ރައީސް ކަމަށް ކުރިމަތި ތިލަނީދޯ