ޚަބަރު ސިޔާސީ

ބަލިވާނެކަން ޔަޤީންވާތީ އެމްޑީޕީން ދަނީ ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުން: ޝިޔާމް

ޙައްވާ އިނާޝާ ، ދެން އޮންލައިން

މިއަދު ކުރިއަށް މިދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ނަތީޖާއިން ބަލިވާނެކަން ޔަގީންވާތީ އެމްޑީޕީން ދަނީ ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިންތިޚާބުގެ ކުރިން ބަލިވާނެކަން ޔަޤީންވި އިންތިޚާބެއް މި ނޫނީ ނުބޭއްވޭ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބަލިވެއްޖެކަން ޔަޤީންކޮށް މިހާރު ރާވަމުން ދަނީ ތަންތަނުގައި ހުޅުޖަހާ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރަމުން ކަމަށް ވިދާޅުވެ މި މަހުގެ 27 ވަނަ ދުވަހު ޝިޔާމް ކުރެއްވި ޓްވީޓެއް ހިއްސާކުރައްވާ އޭނާ މިއަދު ވިދާޅުވީ މީ ޔޯލަ ވާހަކަތަކެއް ނޫން ކަމަށެވެ.

ހަމަ އެހެންމެ އިންތިޚާބުން ބަލިވާނެކަން ޔަގީންވާތީ ހަމަނުޖެހުން ހިންގުމަށް އެމްޑީޕީން ގަދަޔަށް ވަނީ ރާވާފައި ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މިގޮތުން މިހާރު ދަނީ އެކަމުގެ ތައްޔާރީތައް ވަރުގަދަ ކުރަމުން ކަމަށް ވަރަށް މުއުތަބަރުކޮށް މަޢުލޫމާތު ލިބޭކަމަށާއި މިކަން ކުރަން ނިންމާފައި އޮތީ މާލެ ސިޓީގައި ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މިކަން ހުއްޓުވައި އަޅަންޖެހޭ ފިޔަވަޅު ދުރާލައި އެޅުމަށް ޝިޔާމް ވަނީ ފުލުހުންނަށް ގޮވާލާފައެވެ.

Ads by Allied Insurance
  1. ޕައިޓާ

    ކަލޭ ދޮގު ނުހަދާ! ހަގީގަތް ނޭނގި ހުރެ ހީއަކަށް ތި ދައްކާ ވާހަކަތަކާމެދު ސުވާލު ވެވޭނެ ދުވަސް ވަރަށް އަވަހަށް އަތުވެދާނެ. ފިތުނަވެރިކަން އުފައްދާ މީހުންނަށް ﷲ ގެ ލަޢުނަތް ވާކަން ހަނދާންކުރޭ! އެފަދަ ކަމެއް ކުރިޔަސް ކުރެވޭ ފެންވަރުގެ މީހުން ތިޕާޓީގެ އިސް ސަފުގައި ތިބިކަން ވަރަށް ގިނަ މީހުން އެބަ ބުނޭ. އެހެންވީމާ އެހެންމީހުންގެ ބޮލުގަ ކަންކަން އަޅުވަން މަސައްކަތް ކުރާނަމަ އަތަށް ގޮވާފާނެ.