އަޅުގަނޑު ތާއީދު ކުރަނީ ރިޔާސީ ނިޒާމަށް: ރައީސް ޞާލިޙް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
ރައީސް ޞާލީހް މިއަދު ވިދާޅުވީ, ބަރުލަމާނީ ނިޒާމާ މެދު އެމަނިކުފާނު މީގެ ކުރިން ހިޔާލުފާޅުކުރައްވާފައިވާނޭ ކަމަށެވެ. އަދި އެ ހިޔާލު ބަދަލުނުވާ ކަމަށާއި, އެއީ ބަރުލަމާނީ ނިޒާމަށް ވުރެ ރާއްޖެއަށް ފައިދާ ބޮޑީ ރިޔާސީ ނިޒާމު ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ.
ރައްޔިތުންނަށް ރަނގަޅުވާނީ ރިޔާސީ ނިޒާމު ކަމަށް އަދިވެސް ގަބޫލުފުޅުކުރައްވާ ކަމަށާއި ގޮތް ނިންމާނީ ޕާޓީން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
”އަޅުގަނޑު ޕާސަނަލީ ގަބޫލު ކުރަނީ. ދެކެނީ ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ރިޔާސީ ނިޒާމު ކަމަށް” ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް މިފަދައިން ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ރައީސް އިބޫ ޒިންދާބާދު އެމްޑީޕީ ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ގާސިމް އިބްރާހިމް ގައުމުގެ ބޮޑު ސޭޓް ޒިންދާބާދު އެމްޑީއޭ ޒިންދާބާދު އެމްއެންޕީ ޒިންދާބާދު ރިޔާސީ ނިޒާމް ޒިންދާބާދު ބަރުލަމާނީ ބަރުބާދު ބަރުލަމާނީ ބަރުބާދު ބަރުލަމާނީ ބަރުބާދު ބަރުލަމާނީ ބަރުބާދު ބަރުލަމާނީ ބަރުބާދު ބަރުލަމާނީ ބަރުބާދު ބަރުލަމާނީ ބަރުބާދު ބަރުލަމާނީ ބަރުބާދު ބަރުލަމާނީ ބަރުބާދު ބަރުލަމާނީ ބަރުބާދު ބަރުލަމާނީ ބަރުބާދު ބަރުލަމާނީ ބަރުބާދު ބަރުލަމާނީ ބަރުބާދު