ޑިމޮކްރެޓްސްއިން ވަކިކޮޅެއް ނުނަގައިފިނަމަ ނިޒާމީ ވޯޓަށް ތާއީދުކުރަން އެމްޑީޕީން އެއްބަސްވި: ރައީސް ނަޝީދު
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ވަކިކޮޅެއް ނުނަގައިފިނަމަ ނިޒާމީ ވޯޓަށް ތާއީދުކުރަން އެމްޑީޕީން އެއްބަސްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ލިބިފައިވާ މަޢުލޫމާތުން އިނގޭ ގޮތުގައި ޑޮމިކްރެޓްސައިން ވަކި ބަޔަކަށް ތާއީދުނުކޮށް ތިބެއްޖެ ނަމަ، ނިޒާމީ ވޯޓަށް އެމްޑީޕީން ފެންނަ ނުފެންނަ ވޯޓަށް ފުރިހަމަ އަށް ތާއީދު ކުރައްވާނެ ކަމަށެވެ.
“އެކަމަށް އެއްބަސްވެ ޑިމޮކްރެޓްސް އަތުން ސިޓީއެއް ވެސް އެމްޑީޕީން ވަނީ ހޯދާފައި” ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ ސިޓީ އެމްޑީޕީން ނަގާފައިވީ ނަމަވެސް ޖަވާބުދީފައިނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ދަ ޑިމޮކްރެޓްސްގެ ފަރާތުން ޤަރާރެއް ހުށަހަޅާފައި ވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އެ ގަރާރުގައި ބުނެފައި ވަނީ 30 އޮކްޓޯބަރުގެ ކުރިން ވެރިކަމުގެ ނިޒާމާއި ގުޅޭ ވޯޓު ނަގަންވާނެ ކަމަށެވެ.
އެކަމާއި ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވަނީ ބަހުސްކޮށްފައެވެ. ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ ނިޒާމީ ވޯޓުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ ވަރަށް ހައްސާސް ދަނޑިވަޅެއްގައި ކަމަށެވެ. އަދި އެ ގަރާރުގައި ފުރިހަމަ ނުވާ އެތައް ކަމެއް ހުރިކަމަށް ވެސް އަސަލަމް ވިދާޅުވިއެވެ.
ޑިމޮކްރެޓުން (ޕާޓީގެ ހައިސިއްޔަތުން) ވަކިކޮޅެއް ނުނެގިޔަސް އިސްސަފުގެތެރެއިންނާ ޢާމު މެންބަރުންގެ ތެރެއި ގިނަބަޔަކު އެމްޑީޕާ އަށް ތާޢީދުކޮށް އެފަރާތަށް އެރި.
ޗައިނާގެ އެހީގައި އެބަޖެހޭ ލޯނެއް ނަގައިގެން މާލެ ސަރަހައްދުގައި ހުރި ފަޅުތައް ހިއްކާ އެހިއްކާ ބިން ތަކަށް ވެލިއު އެޑްކޮށްގެން 1 ހެކްޓަރުގެ 100 ބިން ކޮންމެ މަހަކު ބިމެއް 10 މިލިއަން ޑޮލަރަށް ވިއްކާލަން ބިން ގަންނަން ބޭނުންވާ ކޮންމެ މީހަކަށް ބިމެއް ވިއްކާލެވޭނެ 100 އަހަރުގެ މުއްދަތަށް މިސާލަކަށް ހުޅުމާލޭގެ ހުޅަނގުން އޮތް ފަޅު ހިއްކާ 100 ބިން އެގޮތަށް ވިއްކައިފިނަމަ 1000 މިިލިއަން ޑޮލަރު ފުރަތަމަ މަހު ލިބޭނެއޭ ދެން އެފައިސާ އިން ލޯން ވަގުތުން ދައްކާލަން ޖެހޭނެއޭ ވެރިކަމަށް 12 މަސްވާއިރު މިގޮތަށް މަހަކު 1 ބިލިއަނ ޑޮލަރު ހޯދަމުންދާނަމަ ދެން ދައްކަން ޖެހޭނެ ލޯނެއް ނުހުންނާނެއޭ ލޯން ދައްކާ ނިމުމުން ދެން ހުރި ފަޅު ތަކުން ބިން ހިއްކާ ގޯތި ދޭނީއޭ އަކަމީޓަރަކަށް މަހަަކު 1 ރުފިޔާ ކުއްޔެއް ސަރުކާރަށް 1000 އަހަރު ވަންދެން ދައްކާ ގޮތަށް ދެން އެއަށްފަހު ޖީއެސްޓީ އުވާލާނީއޭ..