ޚަބަރު ސިޔާސީ

މަސައްކަތްކުރަންވީ މަގުމަތީގައި ހިންގާ ހަރަކާތްތައް ވަރުގަދަކުރުމަށް: ރައީސް ޔާމިން

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

އެ މަނިކުފާނު މިނިވަންވަންދެން މަގުމަތީގައި ހިންގާ ހަރަކާތްތައް ވަރުގަދަކުރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން އިސްބޭފުޅުންނަށާއި ސަޕޯޓަރުންނަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމިން އެދިވަޑައިގެންފިއެވެ.

Ads by STELCO

އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ ކެންޕެއިން ޓީމުން އެމަނިކުފާނަށް ފަރިވަޅެއް އެރުވުމަށް ރޭ ބޭއްވި ހަރަކާތުގައި އެމަނިކުފާނުގެ ގެކޮޅުގައި ހުންނަވައިގެން ސަޕޯޓަރުންނާއި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމިން ވަނީ އެމަނިކުފާނު މިނިވަންކޮށްދެއްވުމަށް ކުރާ މަސައްކަތުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި މަގުމަތީގެ ހަރަކާތްތައް ހިންގައިގެން ފުލުހުން ދެން ހައްޔަރުކުރަން ނާންނާނެކަމަށާއި އަނިޔާވެރިވާން ނާންނާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުގެ ޕާޓީގެ ބޭފުޅުން ވެސް ތިބޭފުޅުން ވެސް މަސައްކަތް ކުރަންވީ ދެން މިހާރު މަގުމަތީގައި ހިންގާ ހަރަކާތްތައް މިއަށްވުރެ ވަރުގަދަކުރަން. މިހާރު ތިބޭފުޅުން ނަގާ އުކާލާކަށް ފުލުހުންނެއް ނާންނާނެ. ސިފައިން ނާންނާނެ. މިހާރު ނުކެރޭނެ އަންނާކަށް. އޭރުވެސް އައީ އަންނަން ބޭނުންވެގެންނެއް ނޫން. ދަންނަވާލަން ބޭނުންވަނީ މި އަދަދުތައް ގިނަ ކުރައްވާށޭ މަސައްކަތް ވަރުގަދަ ކުރައްވާށޭ."

ރައީސް ޔާމިންއަށް ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލުމަށް ޙުކުމްކުރައްވާފައެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރައީސް ޔާމިން ވަނީ ގޭބަންދަށް ދޫކުރައްވާފައެވެ. އެމަނިކުފާނު ގެއަށް ބަދަލުކުރެއްވުމާއި ގުޅިގެން މަރުޙަބާ ދެންނެވުމަށްޓަކައި ޕީޕީއެމް/ޕީއެންސީގެ އެތައް ސަތޭކަ ސަޕޯޓަރުންނެއް ވަނީ އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެހި ކައިރިއަށް އެއްވެފައެވެ.

ރައީސް ޔާމިންއަށް މަރުޙަބާ ދެންނެވުމަށް އެމަނިކުފާނުގެ ގެކޮޅު ސަރަޙައްދަށް ސަޕޯޓަރުން އެއްވެފައި

އެމަނިކުފާނު ގެކޮޅަށް ވަޑައިގެންނެވުމާއެކު އިންތިޚާބީ ރައީސް ޑރ. މުއިއްޒު އާއި އިންތިޚާބީ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް އާއި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ވަނީ މަރުޙަބާ ދަންނަވާފައެވެ.

Ads by HDC
  1. ދިވެހި މުސްކުޅިން

    މިހާރު މިވަނީ ޕީއެމްސީ އިން ރައީސަކާއި ނާއިބު ރައީސަކު އިންތިޚާބުކޮށްފަ އެކަމަކު އެމީހުން މިހާރު އެތިބީ ޕީއެންސީ އަށް އެއްކޮށް ބަދަލުވެފަ. އިބޫ ހިންގި ސަރުކާރުގައި ނާއިބު ރައީސް އަކީ އެހެން ޕާޓީ އެއްގެ މީހެއް. ކޮބާ ހީވެ ކަމެއްހެން. ޔާމީނު ވިއްކައިގެން އިންތިޚާބާއި ވެރިކަން ކާމިޔާބުކުރި މީހުން އެވަނީ މުޅިން ފިޔާތޮށި ކުަލައިން ބަރީއަވެގެން މިހާރު އެހެން ޔާމީނު އެބުނަނީ މަގުމަތި ހަރަކާތް ވަރުގަދަ ކުރުމަށް އަދި އަނެއް ކޮޅުން މުއިއްޒު އެވަނީ އަންގާފަ ޔާމީނު އާއި ގުޅުވައިގެން މުޒާހަރާ ނުކުރުމަށް ދެން މިކަންވާ ގޮތް ބަަލަންތިބޭ ބޮޑަށް ބުރަވެވެނީ ހަމަ ޔާމީނު އޭނާގެ ޝަޜީޢަތާއި ކުރާ ހުކުމް ތަކުގައި ހަމަ ދެމިގެންދާނެ ކަން އަދި އޭނާ އަށް އޮތީ ހަމަ ޝަރުޢީ މަރުހަލާއިން ނިމިގެން އައުން އެނޫންގޮތެެް ނެން- މުއިއްޒު ދާނީ އޭނާ ގެ ވެރިކަމާއިގެން ކުރިއަށް މި ގައުމު ޔާމީނަށްވުރެ އަދި ވަކި މީހަކަށްވުރެ މުހިންމު

  2. ަާސީއާ

    ތިފެއްޓުނީ ޔާގުންޑާގެ ކުޅިވަރުތައް
    ދެން ރާއްޖޭ ދެކޭނީ ނާމާން ދުވަސްތައް

    • ހައްބަތު

      މުއިއްޒު ވެރިކަމަށް ކުރިމަތި ލެއްވުމަށް އެންޑޮޒްކޮށްދެއްވީ ޔާމީނު، މުއިއްޒު ވެރިކަން ލިބުމަށް ކާމިޔާބުކޮށްދެއްވީ ޕީޕީއެމް ގެ ސަޕޯޓަރުން. މުއިއްޒުއަށް ޕީޕީއެމް ސަޕޯޓަރުން ތާއީދުކުރީ މިހެންވެ. ވެރިކަން ޔަގީންވީމަ މިކަންތައް އޮއްބާލަން މަސައްކަތްކުރުމަކީ މުއިއްޒުގެ ގޯސްކަން

  3. ކަންތަކާ ޖެހުނީ.މުއިއްޒު އަށް ހަމަނޭވާއެއް ލެވުނަކަ ނުދޭނެ.

  4. ނަރުގިސް

    ދެން ރާއްޖޭގައި ރައްޔަތުންނަށް ނޭވާނުލެވޭނެއެވެ. މުއިޒައް ވެސް އެހާ އުދަގޫ ކުރަންފަށާނެ. ބޭބޭ ފުޅު ގުޅުން ކަނޑާލި ގޮތައް މުއިޒަށް ވެސް ޖެހޭނީ މެންޓޯ އާއި އިމުރަށް ގުޅުން ކަޑާލާށެވެ. ޖަލުގަ ތިބި އެންަމެން ގެއަށް ދޫކޮށްލަން ޖެހޭނެ ކަމަށް ފެނޭ

  5. ބަލާތި

    ސިޔާސީ ކަންކަމަކީ ސިޔާސީ ލީޑަރު ހައްޔަރުކޮށްފިނަމަ މަގުމަތީގައި ތިބެން ޖެހޭނެ ކަމެއް ސިޔާސީ ޕާރޓީގެ މެމްބަރުން އެކަން ކަން މަނާ ކުރުން އެއީ މިނިޒާމް ދަންނަ ކަމެއް ނޫނޭ ސިޔާސީ ޕާރޓީ ތައް މަޝްހޫރުވެފައި އަދި ހޮރައިޒަން އިން ނުގެއްލި ހުންނާނީ ވެސް އަބަދު މަގުމަތީ ހަރަކާތް ތަކާއި ޖަލްސާ ތަކާއި ރެލީ ތައް ބާއްވާ ކޮންމެ ގެއެއްގެ ލިވިންގް ރޫމްގެ ލިވިންގް ރޫމް ސްޓޯރީ އަކީ އެވާހަކަ ތައް ކަމުގައި ހަދައިގެންނޭ އެއިރުން އިންތިޚާބުތަކުގައި ނަތީޖާ ރަނގަޅުވާނެއޭ މަގުމަތީ ހަރަކާތް ތައް ވަރުގަދަ ކޮށްފައި ހަމަ އެއާއި އެއްވަރަށް ސަރުކާރުގެ ކަންކަން ވެސް ކުރިއަށް ގެންގޮސް ޕީޕީއެމް ހަރުގެ ވަރުގަދަ ކޮށް ހަފްތާ އަކު 3 ރޭ ޖަލްސާ ތައް ބާއްވާ އެކަން ކުރަންވީ މެދުނުކެނޑި 5 އަހަރު ވަންދެން ޖޭޕީ އާއި އެކު ކޯލިޝަން ހަދައިގެން ޖޭޕީގެ ޖަގަހަ އަތުލަންވީ 5 އަހަރު ދުވަހަށް އެއިރުން މިކަން ކަން ރަނގަޅަށް ކުރެވޭނީ…

  6. ޔަގީނޭ

    އަދުރޭ އާއި ރައީސް ޔާމީނާއި މާބޮޑު ގުޅުމެއް ނޯންނަހެން ހީވޭ އަދި ރައީސް ޔާމީން މިނިވަން ކުރުން އެއީ އަދުރޭ އަށް މާމުހިއްމު ކަމެއްކަމަށް ނުފެނޭ މުއިއްޒުވެސް އުޅެނީ ރައީސްޔާމީން ހަނދާންނައްތާލާ އަދި ޕީޕީއެމް ސަޕޯރޓަރުންޖަހައިގަންނާން ކަމަށްބެލެވެނީ އެހެންވެ މުއިއްޒު އޭނާގެ އާއިލާމީހުންގެ ވާހަކަތައް ގެނެސްދީގެން ދޮންމަންމަ ވާހަކަދައްކައިގެން ތާއީދުހޯދަން އުޅޭ ކަމަށްފެންނަނީ ހަނދާން ނެތުނީ ރައީސް ޔާމީން އެންޑޯރޒް ކުރި ކެންޑިޑޭޓް މިހެން ބުނަން ވެސްދޯ މުއިއްޒު ހަނދާން ނެތިއްޖެ އޭނާ އަށް ވޯޓް ދިން މީހުން އޭނާ އަށް ވޯޓް ދިނީ އެއީ ރައީސް ޔާމީން މިނިވަން ކުރަން ދިން ވޯޓެއް ކަން ވެސް މިވެރިކަމަށް އަހަރު ދުވަސް ވާއިރު މުއިއްޒު ޕީޕީއެމް ވެސް ފަޅާލާނެ ކަން އެއީކަށަވަރު ކަމެކޭ..

  7. ބަލައްޗޭ

    ރައީސް ޔާމީން މިނިވަނެއް ނުވާނެ މުއިއްޒު ވަނީ އެމްޑީޕީ އާއި އެކު ޑީލް ހަދާފައޭ އެމްޑީޕީން ބުނެގެން އޭނާ ބުނީ ޕީޕީއެމް މެމްބަރުން ރައީސް ޔާމީން މިނިވަން ކުރަން ނުނިކުންނަން މަމެން ދަންނަމޭ އޭނާ އެއް ފަހަރުވެސް ގޮވިތޭ ރައީސް ޔާމީން ދޫކޮށްލަން ނޫން ނުގޮވާ ދެން ކިއެއްކުރަން އޭނާ ފުރަތަމަ ދަތުރު އިންޑިއާ އަށް ކުރަންޖެހޭނީ ޗައިނާ އަށް ނޫންތޭ މަމެން ޕިންކީންގެ ވެރިކަމުގައި ފުރަތަމަ ދަތުރު ކުރަންޖެހޭނީ މުއިއްޒު އާއީ އަދުރޭ ދެމީހުން އެވަނީ ޕީޕީއެމް އަށް ގައްދާރުވެފައޭ ޔާންޓޭ ބަލާތި އޭނާ ހުވާކުރުމާއި ހަމައަށް ޔާންޓޭ ދުލެއް ނުކުރާނެ ދެން އެޅާ ބުނާނީ ގާނޫނީ ހަމަތަކުގެ މަތިން ދޫނުވީއޭ ތިމްންނާ ކުރަާނެ ކަމެއް ނެތޭ ބަލައްޗޭ

  8. ޖައްސާށޭ

    ޕީއެންސީ ގައި ނުތިބޭނެ ޕީޕީއެމް މެމްބަރުން އެޕާރޓީގައި ތިބޭނީ ޕީއެންސީ މެމްބަރުން އަދި މެމްބަރުން ގިނަވާނީ ޕީޕީއެމްގައި ޕީޕީއެމްގެ ރައީސެއް ނޫން މުއިއްޒު އަކީ ޕީޕީއެމް އާއި ބެހޭ މީހެއް ނޫން އޭނާ ބުނަނީ އޭނާ ހޮވީ އޭނާ އާއި އޭނާ މަން.މަ އާއި އޭނާ އަންހެނުން ކަމަށް މަމެން ޕިންކީންވެ ރައީސް އަކީ ޔާންޓޭ ޕިންކީންގެ ހުރިހާ މެމްބަރުން އިހްތިޖާޖަށް ނިކުންނަންވީ ލަސް ނުކޮށް މިރޭ ވެސް ނިކުންނަންވީ ދެން ނިކުންނަ ގޮތަށް ގެއަށް ނުވަންނަންވީ އެއީ ހަދަންވީ ގޮތަކީ ރާންބޯގެ ފަހު މަންޒަރު ދެން އޮތީ ކުޅެންވެފައި އެ މަންޒަރު ކުޅެންވީ ކުޅެންވީ ކުޅެންވީ ކުޅެންވީއޭ

  9. ބަލާތި

    މިހާ އަވަހަށް ގަދަ ބަސް ބުނަންފެށީއޭ ބަލަގަ ސަރުކާރުގެ ކުންފުނިތައް ލޫޓުވައިގެން އެމެން ފިލާއިރުވެސް ތިޔާ ބުނާ މުވައްސަސާ ތައް ތިބެނީ ދެކޮޅުން ކަޓްކާލަ ކާލާ އޭސީސީ އެއީ ކިއެއްކުރާ ތަނެއްތޭ އެމެންނަށް އެމްއެމްޕީއާރުސީން ކަޅު ދަބަސް ގެންދިޔަ އެންމެ ވަގަކު ވެސް ހޯދިއްޖެތޭ މުއިއްޒު ވެރިކަމުގައި ގައުމު ލޫޓުވާނެ ވަގުންތައް ވަޅަށް ގެރި ވެއްޓިގެން ކުރާ ޝަރީއަތެކޭ މުއިއްޒުގެ ވެތިކަމެކޭ ތަފާތެއް ނުހުންނާނެއޭ ބަލަން ތިބެއްޗޭ ފެންނާނެ މިތަން ފެންނާނެ