ޚަބަރު ސަރުކާރު

ވެރިކަން ނަޤުލުކުރުމުގެ މަރުޙަލާގައި ބައެއް ކަންކަން މި ސަރުކާރުން ނުކުރެއްވުމަށް އިންތިޚާބީ ރައީސް އެދިވަޑައިގެންފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނަޤުލުކުރުމުގެ މަރުޙަލާގައި މި ސަރުކާރުން ބައެއް ކަންކަން ނުކުރެއްވުމަށް އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

Ads by Sosun Fihaara

މަޢުލޫމާތު ލިބޭގޮތުގައި ރައީސް ޞާލިޙުއަށް އިންތިޚާބީ ރައީސް ފޮނުއްވި ސިޓީއެއްގައި މި ސަރުކާރުން ނުކުރެއްވުމަށް އެދިވަޑައިގެންފައިވަނީ 7 ކަމެކެވެ.

އޭގެ ތެރޭގައި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އާ އިންވެސްޓްމަންޓެއް ނުކުރުމާއި، ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް، ވިއްކުމުގެ އާ ހުއްދައެއް ނުދިނުމާއި، ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރުމާއި އަދި ބައިނަލްއަޤްވަމީ އައު މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއި ނުކުރުން ހިމެނެއެވެ.

އަދި ޕީއެސްއައިޕީ އަދި އެހެންވެސް ޕްރޮގްރާމެއްގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުމާއި، ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުމާއި އަދި ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުން އަދި މަގާމުގެ ކުރިއެރުން ނުދިނުމަށް އިންތިޚާބީ ރައީސް މުޢިއްޒުވަނީ ރައީސް ޞާލިޙު ކިބައިން އެދިވަޑައިގެންފައެވެ.

އިންތިޚާބީ ރައީސްގެ ސިޓީފުޅުގައި ރައީސް ޞާލިޙުގެ ފަރާތްޕުޅުން ލިބިވަޑައިގަންނަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރުވެރިވާކަން ފާހަގަކުރައްވަމުން މުޢިއްޒު ވިދާޅުވީ ރައީސް ޞާލިޙުގެ އަމަލުފުޅުތައް ބަހައްޓަވާ ގޮތް ބަލައިގަންނަކަމަށާއި އަދި އެމަނިކުފާނުގެ ކިބައިން ފެނިވަޑައިގަންނަވާ ޑިމޮކްރަސީގެ ރީތި ނަމޫނާއަށް ޝުކުރު އަދާކުރައްވާކަމަށެވެ.

ވެރިކަން ބަދަލުވާ މަރުހަލާ މިހާރު ހިނގަމުންދާއިރު، ރިޔާސީ ދައުރު ފެށުމާ ހަމައަށް، އާ ޕްރޮޖެކްޓުތައް ނުފެށުމަށާއި ބައެއް އެހެނިހެން ކަންކަން މަޑުޖައްސާލުމަށް ޕްރައިވަޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންވެސް ވަނީ އަންގައިފިއެވެ.

އެގޮތުން، ޕީސީބީން އިން ނެރިފައިވާ ބަޔާނެއްގައި ވަނީ އިންތިޤާލީ މުއްދަުގައި ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ވިޔަފާރިކުރާ ކުންފުނިތަކުން އާ ޕްރޮޖެކްޓުތައް ފަށައި، ބޮޑު ޚަރަދެއް ނުކުރުމަށް އަންގާފައެވެ.

ހަމައެއާއެކު، ވެރިކަން ބަދަލުވާން ކައިރިވެފައި އޮތް އިރު، ބައެއް ފަރާތްތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުއްލި ކަންތައްތަކެއް ކުރުމަށް ނިންމަމުން ގެންދާކަމުގެ ގިނަ ޝަކުވަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ) ލިބެމުންދާތީ، ސަރުކާރުގެ އޮފީސްތަކާއި، ދައުލަތުގެ އިދާރާތަކާއި، މުއައްސަސާތަކާއި، ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އައު މަޝްރޫއުތައް ނުފެށުމަށާއި، ޚަރަދުކުރުމުގައި، ކޮރަޕްޝަނަސް މަގުފަހިވެދާނެ ގޮތްތަކަށް ޢަމަލުނުކުރެއްވުމަށް އޭސީސީންވެސް ވަނީ އަންގާފައެވެ.

Ads by Allied Insurance
  1. ނުހުއްޓާތި

    ރައީސް އިބޫގެ ސަރުކާރު ނުނިމި އަދި އެބައޮތް މަސްދުވަހަށް ވުރެން ގިނަ ދުވަސް ދެން ރައީސް އިބޫގެ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ޚިދްމަތް ތައް މުއިއްޒު އަކަށް ތިޔާ ގޮތަށް ފޮނުވާ ސިޓީ އަކުން ހުއްޓުވޭނަމަ ދެން ކިއެއްވެތޭ އިންޑިއާ ސިފައިން ނޮވެމްބަރު 11 ގެ ކުރިން ބާލަން ޖެހޭނެ ކަމަށް ސިޓީ އެއް ރައީސް އިބޫ އަށް ނުފޮނުވީ މިހާރު ތިޔާ މުއިއްޒު ގެ ކަންކަން ދަނީ މާ މައްޗަށޭ ރައީސް އިބޫގެ ސަރުކާރަކީ ވެސް ރައްޔިތުން ހޮވާފަިއވާ ސަރުކާރެއް ހުރަސްނޭޅޭނެ ރައީސް އިބޫ އެއްގޮތަކަށް ވެސް އޭނާ ބުނާ ގޮތަށް ނަހަދާތި އޭޖީގެ ލަފައެއް ލިބިގެން މެނުވީ އެއްވެސް ކަމެއް ނުހުއްޓާތި ހަނދާން ކުރާތި ހިއްކާ ނަގާ ގިރާވަރު ފަޅު އަދި އުތުރު ތިލަފުށި ފަޅު ހިިއްކާ ނަގާ ރައީސް އިބޫ އެއްބަސްވި ގޮތަށް ގޯތި ތައް ކަނޑާދީ ނުހުއްޓާތި އެކަން ތަ ހަނދާން ކުރާތި ނުހުއްޓާތި ތަ ކަންފަތު ފޫޅުގައި ހިފާފައި މަމެން މިބުނަނީ މަޖްލީސް އިންތިޚާބު ކާމިޔާބު ކުރަން ބޭނުންނަމަ އެކަން ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި ނުހުއްޓާތި