ޚަބަރު ސިޔާސީ

ގްރީން ޒޯނާއި މިސްކިތްތައް ކައިރި ނޫން އެހެން ތަންތަނަށް އެއްވެވޭނެ: މުޢިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި، ކާނިވާ ސަރަޙައްދުގެ އިތުރުން ގްރީން ޒޯނާއި މިސްކިތްތައް ފިޔަވައި އެހެން ސަރަޙައްދުތަކަށް އެއްވެވޭނެ ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

"ދައުރު" ނޫހަށް ދެއްވި އިންޓަރވިޔުއެއްގައި މުޢިއްޒު ވިދާޅުވީ، ޚިޔާލުފާޅު ކުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް ހުޅުވައިލާނެ ކަމަށެވެ.

އެގޮތުން ކާނިވާ ސަރަޙައްދު ފިޔަވައި، އެހެން ތަންތަނަށް އެއް ނުވެވޭ ގޮތަށް އޮތް އިސްލާހަށް ބަދަލު ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.

"ކެމްޕެއިންގަ ވެސް އަޅުގަނޑު ވަޢުދުވިން، ޤައުމީ ސަލާމަތަށް ނުރައްކާވާ ތަންތަނާއި، މިސްކިތްތައް ފިޔަވައި، ކޮންމެ ތަނެއްގައި ވެސް އެއްވެވޭ ގޮތް އަޅުގަނޑު ހަދާދޭނަމޭ." އެމަނިކުފާނު ވިދާޅުވިއެވެ.

މުޢިއްޒު މީގެ ކުރިން ވަނީ، އެމަނިކުފާނު ކުރައްވަވާނީ ދެ ފުށް ފެންނަ، މީޑިއާގެ މިނިވަންކަން ވެސް އޮންނަ ވެރިކަމެއް ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

އަދި ވެރިކަން ކުރައްވާނީ، ހަމަހަމަކަމާއި، އިންސާފުވެރިކަމާއިއެކުގައި ކަމަށް ވެސް ވިދާޅުވިއެވެ.

  1. އަސްލު އެއްވަނީ ކޮންކަމަކަށްތޯ، ރައްޔިތުން ހިޔާލާއި މަޝްވަރާ ރައީސަށް އަރުވާންތޯ، އެކަން ކުރަން ކޮންމެ މަހަކު އެއްފަހަރު ރައީސު ސީދާ ޖުމުހޫރީ މައިދާނުގައި ގޮޑިޔެއް ބަހައްޓައިގެން ބައްދަލް ކުރަން އަންނަހާ ބަޔަކާއި ބައްދަލް ކޮށް އެމީހަކު ދައްކަން ބޭނުން ވާހަކައެއް ދެއްކީމާ އެއޮތީ މަޤުސަދު މާރަގަޅަށް ހާސިލް ވެފައި، ބަޔަކުމީހުން ތަނަކަށް އެއްވެ ހަޅޭކަވާ އަޑުގަދަ ކުރުމަށްވުރެން !

  2. އަސްލު އެއްވަނީ ކޮންކަމަކަށްތޯ، ރައްޔިތުން ހިޔާލާއި މަޝްވަރާ ރައީސަށް އަރުވާންތޯ، އެކަން ކުރަން ކޮންމެ މަހަކު އެއްފަހަރު ރައީސު ސީދާ ޖުމުހޫރީ މައިދާނުގައި ގޮޑިޔެއް ބަހައްޓައިގެން ބައްދަލް ކުރަން އަންނަހާ ބަޔަކާއި ބައްދަލް ކޮށް އެމީހަކު ދައްކަން ބޭނުން ވާހަކައެއް ދެއްކީމާ އެއޮތީ މަޤުސަދު މާރަގަޅަށް ހާސިލް ވެފައި، ބަޔަކުމީހުން ތަނަކަށް އެއްވެ ހަޅޭކަވާ އަޑުގަދަ ކުރުމަށްވުރެން !
    މީގެ އިތުރުން ސީދާ ރައީސް އާއީ ގުލޭނެ ގޮތެއް ކޮންމެ ރައްޔިތަކަށް ވެސް އޮތުމުންފުދޭނެ! ޤައުމީމައްސަލަތަކުގައި ބަސްއިއްވާބޭބޭފުޅުންގެ ބަސް އަޑުއެހުމުން ފުދޭނެ.!