ޚަބަރު ސިޔާސީ

ވަކި ޕާޓީއަކަށް ވީތީ ގާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުން އިންތިހާބީ ރައީސް ޑރ. މުޢިއްޒު ނުގެންގުޅޭނެ: ފިރުޒުލް

ރައުފާ ރަޝީދު ، ދެން އޮންލައިން

ވަކި ޕާޓީއަކަށް ވީތީ ގާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުން އިންތިހާބީ ރައީސް ޑރ. މުޢިއްޒު ނުގެންގުޅޭނެ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ފިރުޒުލް މިފަދައިން ވިދާޅުވީ ޑިމޮކްރެޓްސްއާއެކު އެއްބަސްވުމެއް ނެތް ކަމަށާއި ނަމަވެސް ސަރުކާރުން ޖާގަ ލިބޭނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވި ކަމަށް ނޫހެއްގައި ޖަހާފައިވާ ހަބަރަކާ ގުޅިގެން އެކަން ދޮގުކުރައްވައި ކުރެއްވި އެކްސް ޕޮސްޓެއްގައެވެ.

އެ ޕޯސްޓަކީ ހަބަރުގެ ސުރުހީގެ ސަބަބުން އޮޅުން އަރާފާނެތީ ކުރެއްވި ޕޯސްޓެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ އިންތިޚާބީ ރައީސްގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވީ ޝާމިލު ސަރުކާރެއް އެކުލަވާލައްވާނެ ވާހަކައަށް ކަމަށެވެ. އަދި ވަކި ޕާޓީއަކަށް ވީތީ ގާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުން އެމަނިކުފާނު ނުގެންގުޅުއްވާނެ ކަމަށެވެ.

ގާބިލުކަމާއި ޖަވާބުދާރީވުމުގެ ޝަރުޠު ފުރިހަމަވާ ނަމަ، ކޮންމެ ޕާޓީއެއްގައި ހުންނެވި ނަމަވެސް، އެ ފަދަ ބޭފުޅުން ސަރުކާރުގައި ހިމެނިވަޑައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެއީ ސިދާ ވަކި ސިޔާސީ ޕާޓީއެއް ސަރުކާރުގައި ހިމަނުއްވާނެކަމަށް ވިދާޅުވި ވިދާޅުވުމެއް ނޫން ކަމަށް ފިރުޒުލް ވިދާޅުވިއެެވެ.

Ads by Ooredoo
  1. އަޒްރާ

    އެކަމަކު ނަޝީޑދު އާ ބައިއަތު ސަރުކާރަކާ މަނޫޅެން ހުވާ މިބުނީ