ޚަބަރު ސިޔާސީ

މިއަދަށް ތާވަލުކުރި ރައީސް ޔާމީންގެ އަޑުއެހުން ކެންސަލް

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަދަށް ތާވަލުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖުލު ހުކުމްގެ އިސްތިއުނާފް އަޑުއެހުން ކެންސަލް ވެއްޖެއެވެ.

Ads by Sosun Fihaara

މިއަދުގެ އަޑުއެހުން ކެންސަލް ކުރެވިފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ އެދިވަޑައިގަތުމަށެވެ.

މަނީ ލޯންޑަރިންގއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ވަނީ 5 މިލިއަން ޑޮލަރުން ޖޫރިމަނާވެސް ކޮށްފައެވެ.

ނަމަވެސް ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށަހެޅި، ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ މައްސަލަ ބަލައި ހައިކޯޓުން ވަނީ، ޖޫރިމަނާއާގުޅޭ ބައިގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށާއި، ޖަލު އަދަބު ތަންފީޒުކުރުން ފަސް ކުރެވެން ނެތް ކަމަށް ނިންމާފައެވެ.

ރިޔާސީ އިންތިހާބު އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާއެކު ރައީސް ޔާމީން މިހާރު ވަނީ ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފައެވެ.

  1. ޙަމަ ގަސްދުގައި ލަސްކުރަނީ