ހަރުދަނާ ސަރުކާރެއް އެކުލަވާލުމަށް ރަނގަޅު މަޢުލޫމާތުތަކެއް ޑިމޮކްރެޓުން ވަނީ ހިއްސާކޮށްފައި: އަދުރޭ
ދަ ޑިމޮކްރެޓްސްއާ އެކު ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން މިއަދު ބޭއްވެވި ބައްދަލުވުމުގައި ހަރުދަނާ ސަރުކާރެއް އެކުލަވާލުމާ ގުޅޭގޮތުން ރަނގަޅު މަޢުލޫމާތުތަކެއް ޑިމޮކްރެޓުން ވަނީ ހިއްސާކޮށްފައި ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓާ ޖެނަރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވީ ޑިމޮކްރެޓުންނާއި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.
އެގޮތުން އަދުރޭ ވިދާޅުވީ ޑިމޮކްރެޓުންގެ އިސް ބޭފުޅުންނަކީ ކުރިން ސަރުކާރެއް ހިންގަވައި އެކަމުގެ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށެވެ.
އެހެންކަމުން މިއަދުގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ އިސްބޭފުޅުންގެ ފަރާތުން ޤައުމީ އެއްބައިވަންތަކަމުގެ ރަނގަޅު ހަރުދަނާ ސަރުކާރެއް އެކުލަވާލުމާ ގުޅޭގޮތުން މުހިއްމު މަޢުލޫމާތުތަކެއް ލިބިވަޑައިގެންނެވި ކަމަށް އަދުރޭ ވަނީ ފާހަގަކުރައްވާފައެވެ.
މިގޮތުން އަދުލުއިންސާފު ޤާއިމުކުރުމާއި ހަމަހަމަކަމާ އެކު ރައްޔިތުންނަށް ޚިދުމަތް ދޭނެ ސަރުކާރެއް އެކުލަވާލުމާ ގުޅޭގޮތުން، ޑިމޮކްރެޓުންނާއެކު މަޝްވަރާކޮށްފައިވާނެ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރަނގަޅު ހަރުދަނާ ސަރުކާރެއް އެކުލަވާލުމާ ގުޅޭގޮތުން ވަރަށް ރަނގަޅު މައުލޫމާތުތަކެއް ޑިމޮކްރެޓުން ހިއްސާކޮށްފައިވާ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
ހަރުދަނާ ސަރުކާރެއް އެކުލަވާލުމާ ގުޅޭގޮތުން ޕީޕީއެމް/ޕީއެންސީއާ އެކު ޑިމޮކްރެޓުން މަޝްވަރާކޮށްފައި ވާއިރު ޕީއެންސީ އާއެކު ސަރުކާރެއް އެކުލަވާލުމަށް ޑިމޮކްރެޓުން އެއްވެސް އެއްބަސްވުމެއް ހަދާފައެއް ނުވެއެވެ.
އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނު އެކުލަވާލާ ސަރުކާރު ވެގެންދާނީ ވަކި ޕާޓީއަކަށް އިސްކަން ދިނުމުގެ ބަދަލުގައި އިލްމީ ގާބިލް ބޭފުޅުން ހިމެނޭ އެއްބައިވަންތަ ސަރުކާރަކަށެވެ.
އަދުރޭގެ ޢިލްމީފެންވަރެއްހުރިތޯބަންޖެހޭ