ޚަބަރު

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

Ads by Hajj Corporation

މިކަން ހާމަކުރަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ އައިޖީއެމްއެޗް އެމެޖެންސީ އަށް ފަރުވާ ހޯދަން ދިޔަ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ދަންވަރު 02:58 ގައި ނިޔާވެފައިވާ ކަމަށެވެ. އަދި އެމީހާ ނިޔާ ވެފައިވަނީ ކޮވިޑް ޖެހިގެން ކަމަށް ނިންމާފައިވާ ކަމަށެވެ.

މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި 27 ވަނަ މީހާއެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކަށް ލުއިދޭން ފެށުމާއެކު މި ބަލި ޖެހޭ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ.

މާތް ﷲ މައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.

إِنَّا لِلّهِ وَإِنَّـا إِلَيْهِرَاجِعُون

  1. މަރިޔަމް

    އިންނާ ލިއްލާހި ވަ އިންނާ އިލައިހި.ރާޖިޢޫން..

  2. امين

  3. ޙާޖަރް

    إِنَّا لِلّهِ وَإِنَّـا إِلَيْهِرَاجِعُون

  4. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎