ޚަބަރު ސިޔާސީ

އީސީގެ މެންބަރު ކަމަށް އިތުރު ދައުރަކަށް ނަޝާތު އައްޔަނު ކުރަން ފާސްކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް އިތުރު ދައުރަކަށް އއ. ފެރިދޫ، ހާލި، ޢަލީ ނަޝާތު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމަވައިފިއެވެ.

Ads by MWSC

އެގޮތުން މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި 11 މެންބަރުންގެ ތެރެއިން، އަށް މެންބަރުން ވަނީ އީސީގެ މެންބަރު ކަމުގެ އިތުރު ދައުރަކަށް ނަޝާތު އައްޔަންކުރަން ފެންނަ ކަމަށް ރުހުންދީ ވޯޓު ދެއްވައިފަވެ.

މީގެ އިތުރުން ނަޝާތުއާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ ޝަކުވާ ހުށަހެޅުމަށްވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު މެންދުރުފަހު 2:00ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައި ވެއެވެ.

އީސީގެ މެންބަރު ކަމަށް ނަޝާތު އެންމެ ފުރަތަމަ އައްޔަން ކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޖުލައި 25، 2018 ގައެވެ. އަދި އޭނާގެ ދައުރު ހަމަވީ މިދިޔަ ޖުލައި 25 ވަނަ ދުވަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!