ދީން

މުސްލިމުންނަށް ކުރިމަތިވާ ކޮންމެ ދަތި ހާލަތެއްގައި އެމީހުންނަށް އެހީވުމަކީ މުސްލިމް އުންމަތުގެ ވާޖިބެެއް: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން
ސަލްމާން މިސްކިތް / ފޮޓޯ: ދެން އިމޭޖްސް

މުސްލިމުންނަށް ކުރިމަތިވާ ކޮންމެ ދަތި ހާލަތެއްގައި އެމީހުންނަށް އެހީވުމަކީ މުސްލިމް އުންމަތުގެ ވާޖިބެެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by MWSC

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޟޫއުއަކީ" ފަލަސްތީނާއި އިސްލާމީ އިންމަތް "މިއެވެ.

ޚުތުބާގައި ބުނެފައިވަނީ އިސްލާމީ އުންމަތަކީ އެއް އުންމަތެއް ކަމަށާއި ހުރިހާ މުސްލިމުންނަކީ ވެސް އުހުވަތްތެރި ބައެއް ކަމަށެވެ. އަދި ފަލަސްތީނު ރައްޔިތުން ކުރެ  ގެދޮރު ގެއްލި, ހާލުގައި ޖެހިފައިވާ ހުވަފަތް އަންހެނުންނާއި, ޅަދަރިންގެ ނުކުޅެދުންތެރިކަމާއި އެމީހުންގެ ބޯމަތިން ކެނޑިނޭޅި އުދުހެމުންދާ ރޮކެޓްތަކުގެ ބިރުވެރިކަން އިހުސާސްކުރެވޭ ކޮންމެ މުސްލިމަކު އެމީހުންގެ ދިފާޢުގައި ނިކުންނަން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ އެންމެ އަސާސީ ބޭނުންތަކުން މަހްރޫމްކުރެވި އަނިޔާ ލިބި, އަމިއްލަ ބިން ފޭރިގެންފައިވާ މުސްލިމުން އެބައިމީހުންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރުމަކީ އިސްލާމީ ޝަރީއަތާއި ބައިނަލްއަގްވާމީ ގާނޫނުތަކުގައި ވެސް އެބައިމީހުންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ. 

ހުތުބާގައި ވަނީ މުޅި އިސްލާމީ އުންމަތާއި އެއްބައިވެ ފަލަސްތީނުގެ އަހުންނާއި އުހުތުންނަށް ނަސްރު ދެއްވައި އަނިޔާވެރި ޔަހޫދީ ދައުލަތް ނަލި ކުރެއްވުން އެދި މާތް اللهއަށް އިހްލާސްތެރިކަމާއެކު ދެއަތް އުފުލައި ދުޢާ ކުރެއްވުމަށް ނަސޭހަތްތެރިވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!