ލައިފްސްޓައިލް

ފިރިމީހާއަށް އެންމެ އަގުހުރި ހަދިޔާއަކަށް ދިނީ ކޮންއެއްޗެއް؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހަދިޔާ ދިނުމަކީ ދެމަފިރިއެއްގެ ގުޅުން ވަރުގަދަ ކޮށްދީ، ދެމަފިރިންގެ މެދުގައި ލޯބި އިތުރު ކޮށްދޭ ކަމެކެވެ.

Ads by Sosun Fihaara

ގިނަ ފަހަރަށް ހަދިޔާދޭ މީހާއަށް ވެފައިވަނީ ފިރިމީހާއެވެ. ބޭރުތެރޭގައި ގިނަވަގުތު އުޅެފައި ގެއަށް ދަމުން އަނބިމީހާއަށް މަލެއް، ނުވަތަ ޗޮކުލެޓެއް ހަދިޔާއެއްގެ ގޮތުން ގެންގޮސްދޭ ފިރިން މަދެއް ނޫނެވެ. ޚާއްސަ ދުވަހެއް އަތުވެއްޖެނަމަ ހަދިޔާއެއްގެ ގޮތުގައި ދޭ އެއްޗެހި އަގުބޮޑުވެފައި ގިނަ ދުވަހު ބޭނުން ވެސް ކުރެވެއެވެ.
މިފަދަ ލޯތްބާއި އޯގާތެރިކަން ހަގީގަތުގައި ފިރިން ވެސް ބޭނުންވާނެއެވެ. ގިނަ ފިރިންނަކީ އެމީހުން އެއްޗެއް ބޭނުންވުމުން ވެސް އެވާހަކަ ނުބުނާ މީހުންނެވެ. އަމިއްލަ އުފާތައް ޤުރުބާންކުރާ ފިރިން ވަރަށްވެސް ގިނައެވެ.
ބައެއް ފިރިންނަކީ އަމިއްލައަކަށް ގޮސް އެމީހަކު ގަންނަން ބޭނުންވާ އެއްޗެއް ގަންނަ މީހުންނެވެ. ނަމަވެސް އަނބިން ހަދިޔާއެއް ދިނުމުން ފިރިންނަށް ލިބޭނެ އުފާ ހަގީގަތުގައި މާބޮޑުވާނެއެވެ.

ފިރިންނަށް ދޭނެ "އަގުހުރި" ހަދިޔާއެއް ނޭނގޭނަމަ، މިހުރީ ބައެއް ޚިޔާލުތަކެވެ. ބައެއް މީހުންނަކީ މިފަދަ ތަރައްޤީ މިޒަމާނުގައި އެފަދަ "ގެޖެޓުތައް" ބޭނުންވާނެ މީހުންނެވެ. އަގުބޮޑެތި މޮޅު ފޯނާއި، ޓީވީ އާއި، ވީޑިއޯ ގޭމާއި، ލެޕްޓޮޕާއި، ސްޓީރިއޯ ސިސްޓަމްފަދަ ތަކެތި ބޭނުންވާ ފިރިން މަދެއް ނޫނެވެ.

ނަމަވެސް މިފަހަރު ދައްކަން މިއުޅެނީ މާބޮޑު ޚަރަދެއް ނުކޮށް އެހެން ނަމަވެސް ފިރިން އުފާވާނެ އަގުހުރި ހަދިޔާތަކެއްގެ ވާހަކައެވެ.

މިސާލަކަށް ބުނާނަމަ ތަޅުދަނޑީގައި ލައްވާ "ކީޗެއިން" އެކެވެ. ކީޗެއިން އިތުރަށް ޚާއްސަ ކުރުމުގެ ގޮތުން އޭގައި އޭނާގެ ނަން ނުވަތަ ނަން ފެށޭ އަކުރު ވެސް ޖަހާލެވިދާނެއެވެ. ނަމަވެސް ވިސްނަންވީ އެެއްކަމަކީ އެއެއްޗެއް "އަންހެން އެއްޗެއް" ވައްތަރު ނުކުރުމަށެވެ. އެހެން ހަދައިފިނަމަ ހަދިޔާ ދޭވަގުތުގައި ފިރިމީހާ އޭގައި ހިފިޔަސް، އޭނާ އެހަދިޔާ ބޭނުން ނުކޮށްފާނެއެވެ.

ވޮލެޓަކީ ވެސް ފިރިންނަށް ދެވިދާނެ ހަދިޔާއެކެވެ. ގިނަ ފަހަރަށް އެމީހުންނަކީ ގެންގުޅޭ ވޮލެޓު ހަލާކުވެގެން ގޮސް ފޫނުދަނީހެން އައު އެއްޗެއް ހޯދާބައެއް ނޫނެވެ. ވޮލެޓާއެކު ފިރިންނަށް އައު އަންނައުނެއް ވެސް ދިނުން ރަނގަޅެވެ. ސެޓު އެއްކޮށް ފުރިހަމަ ވެއްޖެނަމަ އެމީހުން ވާނެ އުފާ މާބޮޑުވާނެއެވެ.

މިއެެއްޗެއްސަކީވެސް މާ އަގުބޮޑު ހަދިޔާތަކެއްނަމަ، އަމިއްލަ އަތުން ވެސް ހަދިޔާއެއް ހަދާފައި ދެވިދާނެއެވެ. މިސާލަކަށް ދެމަފިރިން އެކުގައި ނަގާފައިވާ ފޮޓޯތަކުން ކޮލާޖެއް ހަދާފައި ދެވިދާނެއެވެ. ނުވަތަ ކާޑެއް ފްރޭމެއް ފަދަ އެއްޗެއް ވެސް ހަދާފައި ދެވިދާނެއެވެ.

މިއެއްޗެހީގެ އިތުރުން ފިރިމީހާއަށް ހަދިޔާއެއްގެ ގޮތުން، އޭނާއަށް އެންމެ މީރު ކެއުން ތައްޔާރުކޮށްލުމަށްފަހު "ރޮމޭންޓިކް" ގޮތަކަށް ދެމަފިރިން އެކުގައި ކާން އިށީނުން ކިހިނެއް ހެއްްޔެވެ؟މިބުނި ހުރިހާ ހަދިޔާތަކެއްގެ އިތުރުން، ފިރިމީހާއަށް ދެވިދާނެ ވަރަށް ބޮޑު، ވަރަށް އަގުހުރި އެހެން ނަމަވެސް އަތުން އެންމެ ލާރިއެއްވެސް ޚަރަދު ނުވާނެ ހަދިޔާއެއް ވެއެވެ.އެއީ ލޯތްބާއި އަޅާލުމާއި، އޭނާގެ ފިކުރުތައް ލުއިކޮށް ދިނުމެވެ.

ދުވަހުގެ ވަރުބަލިކަމަށްފަހު އޭނާ ގެއަށް އައުމުން، ފުރަތަމަ ވެސް ތިމާމީހާގެ ކަންބޮޑުވުންތައް ބަންޑުންކޮށް ނުލާ، އޭނަގެ ހާލަތާއިމެދު ސުވާލު ކޮށްލާށެވެ. ކައިގެންތޯ ހުރީ ވެސް ބަލާށެވެ. ފިރިމީހާ އާއެކު ވާހަކަތައް ހިއްސާކޮށް އޭނަގެ ވާހަކަތައް ވެސް އަޑުއަހާ، ވާހަކަ ދައްކުވާށެވެ. އަދި ޚިޔާލު ވެސް ދީ ހަދާށެވެ. މިއީ ގިނަ ފިރިން އެންމެ ބޭނުންވާ ކަންތައް ކަމުގައި ދިރާސާތަކުން ދައްކައެވެ.

ބައެއް ކަންކަމުގައި ފިރިމީހާ އެދެނީ ކޮން ކަމެއްކަން ވެސް އޮޅުން ފިލުވާ، އެއީ ދީނާއި ވެސް ޚިލާފުނުވާ ކަމަކަށްވާނަމަ، އެކަންކަމަށް ވެސް ހެޔޮހިތުން ރުހުން ބުއްދިވެރިއެވެ. އޭރުން ފިރިމީހާ އިތުރަށް ލޯބިވާނެއެވެ.

Ads by HDC
  1. އަހަރެން ވަރަށް ގިނައިން ހަދިޔާ ދެން .ފިރިމީހަ ލައިކް ނުވޭ މި ތާ ލިޔެފަހުރި ގިައެއޗެހި ދީފިން އަންނައުނު، ފޯން ، ވޮލެޓް ، ޕެނ ޑްރައިވް ، ހާރޑް ، ސައިކަލް ޑައުންޕޭމަންޓް މިހެންގޮސް ބައިވަރު . އޭނަ ބޭނުންވަނީ އިތުރު އަންހެނެއް އެކަން ނުވެގެން މިއުޅެނީ އެއީ ހަދިޔާ ބޭނުންބައެއްނޫން