ޕްލާސްޓިކް ކޮތަޅުން ނަގާ ފީ އިން ދައުލަތަށް މިހާތަނަށް 8.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ޤާނޫނުންނެވެ.
މީރާ އިން އާންމުކޮށްފައިވާ އާމްދަނީ ރިޕޯޓުގައި މިދިޔަ މެއި މަހުން ފެށިގެން ޕްލާސްޓިކް ކޮތަޅު ފީއިން ލިބޭ އާމްދަނީ ވަނީ ހިމަނަން ފަށާފައެވެ.
ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ:
މެއި – 1.17 މިލިއަން ރުފިޔާ
ޖޫން – 778698 ރުފިޔާ
ޖުލައި – 4.18 މިލިއަން ރުފިޔާ
އޮގަސްޓް – 1.71 މިލިއަން ރުފިޔާ
ސެޕްޓެމްބަރު- 484246 ރުފިޔާ
އެގޮތުން މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މެއި މަހުން ފެށިގެން ސެޕްޓެމްބަރު މަހާއި ހަމައަށް ޕްލާސްޓިކް ކޮތަޅުން ނަގާފައިވާ ފީގެ ޖުމްލަ އަދަދު ވަނީ 8.3 މިލިއަން ރުފިޔާ އަށް އަރާފައެވެ.
ވިޔަފާރިކުރުމުން ކަސްޓަމަރަށް ދޭ ކޮތަޅުން 2 ރުފިޔާ ނެގޭގޮތަށް ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވީ 18 ޑިސެމްބަރ 2022 ގައެވެ.
ޕްލާސްޓިކް ކޮތަޅުގެ ފީ އަކީ ހުރިހާ ވިޔަފާރި ހަރަކާތަކުންވެސް ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ނަގަން ޖެހޭ ފީ އެކެވެ.
ވަކިވަކިން ދޭ ނުވަތަ ވިއްކާ ޕްލާސްޓިކް ކޮތަޅާއި ކޮތަޅު ބޮނޑި ވިއްކި ނަމަވެސް ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ނަގަން ޖެހޭނެ ކަމަށް މީރާ އިން ވަނީ ބުނެފަ އެވެ.
އެމެރިކާ އާއި އިނގިރޭސިން ތެޅޭނެ ކަމެއްނެތޭ ތަމެން ތެޅުނު ވަރަކަށްދާނީ ހުޅުނބޭ ތަމެން ތިޔާ ގޮތަށް މުޅި ޔޫރަޕް ގޮވައިގެން އަފްއާނުގައި ތާލިބާނުން ނައްތާލަން އުޅުނޭ އެންމެ ފަހުން މަހަށް ދާން ޖެހުނީދޯ އެމެރިކާ އޮރިޔާން ވެގެން އަފްއާނުން ފައިބަން ޖެހުނީ އަދި ލަދުހަޔާތް ކުޑަ ކަމުން އަފްއާން ރައްޔިތުންގެ 300 ބިލިއަން ރުފިޔާ ބަނޑުއަޅާލައިގެން އެމެރިކާގެ ރައީސް ބައިޑަނޭ އެހުރީ ލަދުހާޔަތް ކޮބާތޭ ބައިޑަނޭ ބައިޑަނޭ ތަ ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް މަހަށްދޭބަލަ ބައިޑަނޭ ފަޑަ ފަޑަ ފަޑަ ފަޑަ ފަޑަބޮއިބަލަ…
އިބްރާހީމް ހާދަމޮޅުސޮރެކޭޔޯލަ