ޚަބަރު

މަޖިލީހުގެ މެންބަރުންގެ އިތުބާރު ނެތުމުން އެންމެ ރީތިގޮތަކީ މަޖިލީހުގެ ރިޔާސަތުން އެކަހެރިވެވަޑައިގަތުން: އެމްޑީޕީ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުބާރު ނެތުމުން އެންމެ ރީތިގޮތަކީ މަޖިލީހުގެ ރިޔާސަތުން އެކަހެރިވެވަޑައިގަތުންކަމަށް އެމްޑީޕީން ބުނެފިއެވެ.

Ads by MWSC

އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެޖެންޑާކޮށްފައިވަނިކޮށް، ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް، އެ މައްސަލަ ކުރިއަށްގެންދަން ރައީސް ނަޝީދު ހުރަސް އަޅުއްވާކަމަށެވެ. އަދި "އިތުބާރުނެތް ރައީސަކު ރައްޔިތުންގެ މަޖިލިސް ހިސޯރުކުރުން ކުށްވެރިކުރާ" ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

"އަދި އެ މަގާމުގައި ހުންނަވަންވާނީ އިތުބާރު ނެތްކަމުގެ ވޯޓާވެސް ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ، ޑިމޮކްރެޓިކް ހަމަތައް ގަބޫލު ކުރައްވާ ފަރާތެއްކަމަށް މި ޕާޓީން ދެކެމެވެ. އެ މަޖިލީހުގެ މެންބަރުންގެ އިތުބާރު ނެތް ރައީސަށް އެންމެ ރިވެތި ގޮތަކީ މަޖިލީހުގެ ރިޔާސަތުން އެކަހެރިވެވަޑައިގަތުމެވެ. އެހެންނަމަވެސް މަޖިލިސްގެ ރައީސްގެ ފަރާތްޕުޅުން ފެންނަމުންދަނީ ޑިމޮކްރެސީގެ ހަމަތަކުން އެއްކިބާވެވަޑައިގަންނަވާތަނެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަކީ އެ މަޖިލީހުގެ މެންބަރުންގެ ތާއީދާއި އިތުބާރާއެކު މެނުވީ ދެމިހުރެވޭނެ މަގާމެއް ނޫންކަން ފާހަގަކުރަމުން އެމްޑީޕީން ބުނެފައިވަނީ، އެ ޕާޓީން އެދެނީ އިންތިހާބީ ރައީސާއި ނައިބުރައީސް ހުވާކުރެއްވުމުގެ ޖަލްސާއަކީ އެޖަލްސާގެ ޞައްޙަކަމާމެދު ޤާނޫނީގޮތުން ސުވާލު އުފެދުމުގެ ފުރުސަތު ނެތް ޖަލްސާއެއްކަން ކަށަވަރުކުރުމަށެވެ.

އަދި އެކަން އެމަގުން ކުރިއަށް ގެންދިޔުމަށް އެޕާޓީން ކުރަންޖެހޭ އެންމެހައި މަސައްކަތަށް ކުރާނެ ކަމުގެ ޔަޤީންކަން އެމްޑީޕީން ދީފައިވެއެވެ.

ހަމައެއާއެކު، އާ ދައުރެއްގެ ފެށުން ނުހަނު ކައިރިވެފައިވާއިރު ޤާނޫނުއަސާސީގެ ބާރުކަނޑުވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށް ރައްޔިތުންގެ މަޖިލީސް ކުރިއަށް ގެންދިޔުމަށް އެ ޕާޓީން ފުރުސަތެއް ނުދޭނެ ކަމަށާއި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބައްޓަން ކޮށްފައިވަނީ އެއްވެސް ފަރާތަކަށް، ޤާނޫނު ހެދުމުގެ ބާރު ހިސޯރުކުރެވޭނެ ގޮތަކަށް ނޫން ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

،މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންގެ މައްޗަށް އެކުލެވޭ ދައުލަތުގެ އެއްބާރަށް ވާއިރު، ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މަފްހޫމަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުންކަން ފާހަގަކުރަމުން އެމްޑީޕީން ވަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާއި ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންގޮސް، މެންބަރުންގެ ވޯޓުން އެ މައްސަލަ ނިންމުމަށް ގޮވާލާފަ އެވެ.

Ads by HDC
  1. ނުވާނެއޭ

    ދަ ޑިމޮކްރެޓުންގެ ގައިގައި ހުރި ޖާހިލުކަމާއި ބީތާ ކަމާއި ގަމާރުކަން ބޮޑު ކަމޭ މަމެން ހިތަށް އަރަނީ ބަލަގަ އެމްޑީޕީގެ މެމްބަރުންނޭ އަދު މަޖްލީހުގައި ގިނައީ އަދި އެމެންދެރަކޮށް ނިކަމެތި ކުރާ ވަރެއް ނުވެއޭ އެމެން ވަނީ 1 ލައްކަ 10 ހާސް މީހުންގެ ވޯޓް ހޯދާފައޭ ރައީސް އިބޫ ނޫނިއްޔާ ނެތޭ ހެޔޮ ހިތުން ހިލޭ ގޯތި ގަނޑެއް މާލެ ސަރަހައްދުން ނިކަމެއްޗަކަށް ދިއްކޮށްލި ހާކިމާއެއް އެމްޑީޕީ ބަލިވާންޖެހޭ ސަބަބެއް ނުފެނެއޭ އިތުބާރުނެތުމުން ނަޝީދު ޖެހޭނީ ކަނޑާލަން ކަނޑާލާ މަމެން ހުވައޭ ރައީސް އިބޫ އަށް އޮތް ތާއީދު ދެން ދާނީ ދުވަހުން ދުވަހަށް ބޮޑުވަމުންނޭ ތިޔާ މުއިއްޒު އަށް އެއް ކަމެއް ވެސް މާކެ ސަރަހައްދުގެ ތަރައްގީ އަށް ނުކުރެވޭނެއޭ މާލޭގެ ޕާރކިންގް ޒޯން ތަކުފައި ހުރި ބާ ސައިކަލް ތައް ނުނެގުނު ރުނޑިއަކަށް ކުރެވޭނެ ކަމެއް ނޯންނާނެއޭ

  2. އެއްލާލާތި

    ދަ ޑިމޮކްރެޓުން ޖެހޭނީ މިފަހަރު ބަލިވާން ޔަހޫދީން ފަލަސްތީނު ބިމުގައި ވަޒަން ކުރުވީ އިނފިރޭސިން ހަމަ އެގޮތަށް މިގައުމުގެ ބިމުގައި މުޝްރިކު ހިންދޫ ސިފައިން ބައިތިއްބާ ގައުމު އިސްތިއުމާރުގެ ދަށަށް ގެންދިޔައީ ސީދާ އަންނި އެއީ އޭނާ ކުރިކަމެކޭ އެވަރުގެ ބޮޑު ގައްދާރަކު ނުޖެހޭނެ މަޖްލީހުގެ ރައީސް ކަމުގައި ބަހައްޓަން ނަގާ އެއްލާލާނަމޭ މިފަހަރު ހުވައޭ ނަގާ އެއްލާލާނަމޭ އެއްލާލާނަމޭ އެއްލާލާނަމޭ މިކަން ހުއްޓުވަން ތަމެން ނޫޅޭތި ނޫޅޭތި ހަނދާންކުރާތި

  3. ވާޖިބޭ

    ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމުން ވަކިކޮށް އަދި މުއިއްޒު ހުވާ ކުރުމަށް މިހާރު ކުރަމުންދާ 2 ބިލިއަން ރުފިޔާ ގެ ޚަރަދު ހުއްޓާލާ އެފައިސާ އިން ހުޅުމާލެ ފޭސް 4 ހިއްކާ 40 ހާސް ގޯތި ދެވޭނީ މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު ވަކިކޮށް އަދި މުއިއްޒު ހުވާ ކުރުން މަޖްލީހުގެ އިދާރާ އަށް ބަދަލުކޮށް އިޒްރޭލަށް ތާއީދު ކުރާ ގައުމުތަކުގެ އެއްވެސް ވަފްދަކަށް މަޖްލީހުގެ އިދާރާ އަށް ނުވަދެވޭ ގޮތަށް ހަދައިގެންނޭ މީދިވެހިން އެދޭ ގޮތަކީ މިކަންކުރަން ވާޖިބޭ ވާޖިބޭ ވާޖިބޭ