އިންތިޚާބީ ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ ތައްޔާރީތައް ފަށައިފި

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގެ ތައްޔާރީތައްވާން ފަށައިފިއެވެ.
ޑރ. މުޢިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތު 17 ނޮވެންބަރު ވާ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ރަސްމިއްޔާތުގެ އިންތިޒާމްތައް ހަމަޖައްސަނީ ސިފައިންގެ ވެލްފެއަ ކުންފުނި (ސިވެކް) އިންކަމަށް މަޢުލޫމާތުލިބެއެވެ.
އޮންނައިން ނޫސް "ދައުރު" އިން ރައްޔިތުންގެ މަޖިލީހާ ޙަވާލާދީ މަޢުލޫމާތުދީފައިވާ ގޮތުގައި އެ މަސައްކަތާއި ސިވެކް އިން ޙަވާލުވެފައިވާއިރު ރަސްމިއްޔާތުގެ އެންމެހާ ކަންކަމަށް22.9 އަދި އެ މަސައްކަތުގެ ތެރޭގައި މުޅި ރަސްމިޔާތުގެ ހުރިހާ ތައްޔާރީތަކާއި ރަސްމިޔާތު ބާއްވާ ދުވަހުގެ ހަފްލާގެ ހުރިހާ މަސައްކަތްތަކެއް ވެސް ހިމެނޭކަމަށް މަޢުލޫމާތު ލިބެއެވެ.
މަޖިލިސް އިދާރާއިން މީގެ ކުރިން ވިދާޅުވީ ޑރ. މުޢިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް 3،500 އެއްހާ މީހުންނަށް ދައުވަތު ދޭނެ ކަމަށާއި އޭގެ ތެރޭގައި ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ވެރިން ވެސް ހިމެނޭ ކަމަށެވެ.
ސަރުކާރުގެ ހަރަދު ކުޑަކުރަންއައި ވެރިމީހާގެ ފެށުން ވެސް ބޮޑު ހަރަދު ގަނޑެއް………..