ނުރަސްމީ ދަތުރުފުޅެއްގައި އިންތިހާބީ ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެކަން އެނގިއްޖެއެވެ.
އެމަނިކުފާނު ފުރާވަޑައިގަންނަވާނީ މިރޭ 23:40 ގައި ސިންގަޕޫރު އެއާލައިންސްއިންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅުގައި އެ ޕާޓީގެ އިސް ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޑރ. މުޢިއްޒު ސިންގަޕޫރަށް ފުރާ ވަޑައިގަންނަވާއިރު އެމަނިކުފާނު ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ 17 ނޮވެންބަރު ވާ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައެވެ.
މުޢިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް 3،500 އެއްހާ މީހުންނަށް ދައުވަތު ދޭނެއެވެ. އޭގެ ތެރޭގައި ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ވެރިން ވެސް ހިމެނެއެވެ.
Ads by Allied Insurance