ސިއްޙަތު

މޫނުގައި ހުންނަ ލަކުނުތައް ފިލުވަން ބޭނުން ނަމަ ކުރަންވީ މިކަންތައްތައް

ރައުފާ ރަޝީދު ، ދެން އޮންލައިން

މޫނުގައި ލަކުނު އުފެދެން މެދުވެރިވާ ސަބަބުތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި ރަނގަޅަށް ނުނިދުމާއި ސާފުތާހިރުކަން ކުޑަވުމުން ހިމެނެއެވެ.

Ads by MWSC

މޫނުގައި ހުންނަ ލަކުނު ފިލުވުމަށް ދުވާލަކު އެއްފަހަރު ނުވަތަ ދެފަހަރު ބެންޒޯއިލް ޕެރޮކްސައިޑް ފޭސް ވޮޝް އަކުން މޫނު ދޮވެލާށެވެ. މިކަމުގެ ސަބަބުން އިންފްލެމޭޝަން ކުޑަކޮށްދީ، މޫނުގައި އުފެދޭ ބެކްޓީރިއާތައް ނައްތާލައެވެ.

ޖާނަލް އޮފް އެމެރިކަން އެކަޑަމީ އޮފް ޑާމަޓޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ހަކުރު އަދި ކާބޯހައިޑްރޭޓްސް މަދުން ކެއުމުގެ ސަބަބުން މޫނުގައި ލަނުކު އުފެދެން މެދުވެރިވެއެވެ.

މިކަމުގައި ފުޑް ޑައިރީއެއް ގެންގުޅުމުން ފަސޭހަވާނެއެވެ. ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަކީ ހަންގަނޑު ސާފުކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށެވެ.

ކެމިކަލް ފްރީ، ގުދުރަތީ ބާވަތްތަކުގެ އެހީގައި ހަމުގައި އުފެދޭ ލަކުނުތައް ފިލުވާލަން މަސައްކަތް ކުރާށެވެ. އޭގެ ތެރޭގައި އެލޮވެރާ ހިމެނެއެވެ. އެލޮވެރާ އަކީ މޫނުން ނަގާ ބިހިތަކުގައި ހުންނަ ބެކްޓީރިއާތައް ނައްތާލުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެކެެވެ. ހަމައެއާއެކު، ހަންގަނޑުގެ ކޮލިޓީ ރަނގަޅުކޮށްދީ ހަންގަނޑު އޮމާން ކޮށްދިނުމަށްވެސް އަލޯވެރާ އެހީތެރިވެދެއެވެ.

މީގެ އިތުރުން ކާށި ތެލަކީވެސް މޫނުން ނަގާފައި ހުންނަ ބިހިތަކާއި ބިހިތަކުގެ ލަކުނު ފިލުވުމަށް އެހީތެރިވެދޭ އެއްޗެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!