ޚަބަރު ސިޔާސީ

ޕީއެންސީއާ އިތުރު 500 މީހުން ގުޅިއްޖެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިސްބަތްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އިތުރު 500 މީހަކު ސޮއިކޮށްފިއެވެ.

Ads by Hajj Corporation

ޕީއެންސީއާއި އަލަށް ގުޅުނު މެންބަރުންގެ ފޯމުތަކާއި އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ޙަވާލުވެވަޑައިގެންފައިވާއިރު އެ 500 މެންބަރުންގެ ތެރޭގައި ގިނައިން ހިމެނެނީ ޒުވާނުންކަމަށް މަޢުލޫމާތުލިބެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުވެސް ކުރިމަތިވެފައިވާތީއާއެކު، ޕީއެންސީގެ އަމާޒަކަށްވެފައިވަނީ އެ ޕާޓީގެ މެންބަރުންގެ އަދަދު ވީހާވެސް އަވަހަކަށް 10000 އަށް އެރުވުމެވެ. އަދި މި ފަހުން ޕީޕީއެމް/ޕީއެންސީންގެ ލީޑަރޝިޕުން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ޕާޓީ އަށް މެންބަރުން އިތުރުކުރަން މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

Ads by Allied Insurance
  1. އިނގެއޭ

    ވަރުގަދަ ކެބިނެޓަކަށް ވާނެ ކަން މަމެންނަށް އިނގެއޭ އިންތިގާލީ ކޮމެޓީގެ ބޮޑަކަށް މުއިއްޒުލީ މިރާއްޖޭގައި އެންމެ މައްޗަށް ކިޔަަވައިގެން އައިސް ހުރި މީހާދޯ އަދުރޭ ދަރިއަށް އެމްއެމްޕީއާރުސީގެ ބޮޑޭގެ މަގާމް ދީ އަދި އަދުރޭ އަށް ކައުންސިލް މިނިސްޓަރު ކަން ދޭތީދޯ ވަރުގަދަ ކެބިނެޓަށް ވަނީ އަދި އަދުރޭގެ ބޭބެ އަށް ކަސްޓަމްސްގެ ބޮޑޭގެ މަގާމް ވެސް ދޭ ކަން މަމެންނަށް ވަނީ އެނގިފައޭ މަމެން ނަށް އިނގޭ އަދުރޭ މުއިއްޒު ކެބިނެޓް ހުރިހާ މެމްބަރުން މިހާރު އިނގެއޭ އިނގެއޭ އިނގެއޭދޯ