ދުނިޔެ

ޣައްޒާ އަށް އެހީ ފޯރުކޮށްދޭން ހުޅުވި ރަފަހް ބޯޑަރު ބަންދުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ފަލަސްތީނުގެ ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދޭން ހުޅުވި ރަފަހް ބޯޑަރު ބަންދުކޮށްފިއެވެ.

Ads by Sosun Fihaara

އެމެރިކާއިން ބުދަ ދުވަހު ބުނީ ރަފަހް ބޯޑަރު ހުރަސްކުރުން ބަންދުކޮށްފައިވަނީ ސަލާމަތީ ހާލަތެއް މެދުވެރިވެގެން ކަމަށެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ވެދާންތު ޕަޓޭލް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބުނީ ވިސްނުމަކީ ސަލާމަތީ ހާލަތަށް ރިއާޔަތްކޮށް، ރަފަހް ބޯޑަރު ހުރަސްކުރުން ބަންދުކުރުން ކަމަށެވެ.

ޕަޓޭލް ބުނީ ސަލާމަތީ ކަންކަން ހައްލުވުމުން ޣައްޒާއަށާއި ބޭރުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބޯޑަރު ހުރަސްކުރުން "ގަވާއިދުން" އަލުން ހުޅުވާލާނެ ކަމަށެވެ.

ފަލަސްތީނުގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ފާއިތުވި ދުވަސްތަކުގައި ޒަހަމްވި ފަލަސްތީނުގެ ގިނަ އަދަދެއްގެ މީހުންނާއި ބޭރުގެ ޕާސްޕޯޓް ހޯލްޑަރުން ވަނީ ޣައްޒާއިން ރަފަހް ބޯޑަރު ހުރަސްކޮށް މިސްރަށް ދަތުރުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!