ޚަބަރު ސިޔާސީ

ރައީސް މައުމޫންގެ ރައްދު ރައީސް ޞާލިޙަށް: 1968ގެ ފަހުން ވެރިކަން ބަދަލުވަމުން އައިސްފައި ވަނީ އަމާންކަމާއި އޮމާންކަމާއެކު

ޙައްވާ އިނާޝާ ، ދެން އޮންލައިން

1968 ވަަނަ އަހަރުން ފެށިގެން ހުރިހާ ފަހަރަކުވެސް ވެރިކަން ބަދަލުވަމުން އައިސްފައި ވަނީ އަމާންކަމާއި އޮމާންކަމާއެކު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ ސަރުކާރު ބަދަލުވުމުގެ މަރުހަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް މިއަދު ދެއްކެވި ވާހަކަފުޅަށް އިޝާރަތް ކުރައްވައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާތަބުކުރައްވާ ރައީސް ޞާލިހް ދެއްވި ޚިޠާބުގައި ވިދާޅުވީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު ކަމަށެވެ.

ހަމަ އެހެންމެ މީގެ ކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން ކަމަށްވެސް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.

އެގޮތުން މި ވާހަކަތަކަށް ރައްދު ދެއްވާ ރައީސް މައުމޫން ކުރެއްްވި ޕޯސްޓެއްގައި ވިދާޅުވީ، 1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާ އެކު ކަމަށެވެ.

މީގެ އިތުރުން ވެރިކަން އަމާންކަމާއެކު ބަދަލުވަނީ ހަމަ އެކަނި މިފަހަރު އެކަނި ނޫން ކަމަށްވެސް ރައީސް މައުމޫން ވަނީ ފާހަގަކުރައްވާފައެވެ.

Ads by HDC
  1. އިބްރާހިމްބެ

    މޯލެއްގެ އަތަށް ކޮންމެ ޢެއްޗެއް ލިޔެފަދިނަސް ކިޔާނެތާ؟؟