ކޮވިޑް-19 ކޭސްތައް މާލޭގެ އިތުރުން 32 ރަށެއްގައި
މާލެ ސަރަހައްދުގެ އިތުރުން ޖުމްލަ 32 ރަށަކުން ކޮވިޑް-19 ގެ ކޭސްތައް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.
އަންގާރަ ދުވަހު އެޗްޕީއޭ އާންމުކުރި ތަފާސް ހިސާބުތަކުގައި ވާ ގޮތުން، އެ ދުވަހުގެ އިތު އޮއްސި 06:00 ޖެހުމާއި ހަމައަށް މާލޭގެ އިތުރުން 32 ރަށެއްގައި، 68 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 6 ބިދޭސީންނެވެ. މީގެ ތެރެއިން އެކަކު ފިޔަވާ ހުރިހާ އެންމެން ވެސް ބައްޔަށް ފައްސިވެފައިވަނީ ހޯމް ކަރަންޓީނުގައި ހުއްޓައެވެ.
ކޮވިޑް-19 ފެނިފައިވާ ރަށްތަކަށް ބަލާއިރު:
- ކ. މާފުށި (2 ދިވެހިން)
- ކ. ގުޅި (1 ދިވެއްސަކު)
- ކ. ތުލުސްދޫ (2 ދިވެހިން)
- ކ. ހިންމަފުށި (3 ދިވެހިން)
- ކ. ދިއްފުށި (1 ދިވެއްސަކު)
- ކ. ގުރައިދޫ (1 ދިވެއްސަކު)
- ރ. އިނގުރައިދޫ (1 ދިވެއްސަކު)
- ރ. ދުވާފަރު (4 ދިވެހިން)
- ރ. ކިނޮޅަސް (1 ބިދޭސީއެއް)
- ރ. ހުޅުދުއްފާރުން (2 ދިވެހިން)
- ސ. ފޭދޫ (3 ދިވެހިން)
- ސ. ހިތަދޫ (4 ދިވެހިންނާއި އެއް ބިދޭސީއެއް)
- ސ. މަރަދޫ (1 ބިދޭސީއެއް)
- ފ. ނިލަންދޫ (7 ދިވެހިން)
- ހދ. ކުރިންބީ (1 ދިވެއްސަކު)
- ނ. މިލަދޫ (2 ދިވެހިން)
- އދ. މާމިގިލި (1 ދިވެއްސަކު)
- އދ. އޮމަދޫ (1 ދިވެއްސަކު)
- ވ. ކެޔޮދޫ (1 ބިދޭސީއެއް)
- ވ. ތިނަދޫ (2 ދިވެހިން)
- ތ. މަޑިފުށި (1 ދިވެއްސަކު)
- ތ. ވިލުފުށި (1 ދިވެއްސަކު)
- ތ. ތިމަރަފުށި (1 ދިވެއްސަކު)
- ތ. އޮމަދޫ (4 ދިވެހިން)
- ޅ. ހިންނަވަރު (2 ދިވެހިން)
- ލ. ގަން (1 ދިވެއްސަކު)
- ދ. ރިނބުދޫ (5 ދިވެހިން)
- ފ. ދަރަނބޫދޫ (1 ބިދޭސީއެއް)
- މ. މުލައް (3 ދިވެހިން)
- ބ. އޭދަފުށި (1 ދިވެއްސަކު)
- ފ. ބިލެއްދޫ (1 ދިވެއްސަކު)
- ގއ. ވިލިނގިލި (1 ދިވެއްސަކު)
މީހުން ދިރިއުޅޭ ރަށްތަކުގެ އިތުރުން ރާއްޖޭގެ 10 ރިސޯޓަކުން ވެސް ވަނީ ކޮވިޑް-19 ގެ ކޭސްތައް ފެނިފައެވެ. މިގޮތުން މިވަގުތު ކޮވިޑް-19 އަށް ފައްސިވެފައިވާ 9 ފަތުރުވެރިއަކާއި 23 މުވައްޒަކު ރިސޯޓުތަކުގައި ތިބި ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ރާއްޖެއިން ކޮވިޑް-19 ފެނުނުތާ 171 ދުވަސްވެފައިވާއިރު، މިހާތަނަށް 7,047 މީހަކު ވަނީ ވައިރަހަށް ފައްސިވެފައެވެ. މީގެ ތެރެއިން 4439 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު، ބަލީގައި މިހާތަނަށް 28 މީހަކު ވަނީ ނިޔާވެފައެވެ.