ޚަބަރު

އިމިގްރޭޝަން ކޮންޓްރޯލާ ކަމަށް ޝަމްއާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިމިގްރޭޝަން ކޮންޓްރޯލާ ކަމަށް މުހައްމަދު ޝަމްއާން އައްޔަން ކުރައްވައިފިއެވެ.

Ads by Sosun Fihaara

މި މަގާމަށް ޝަމްއާން އައްޔަން ކުރައްވާ މަގާމުގެ ފަތްކޮޅު އެރުއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މަގާމުގެ ފަތްކޮޅު ޝަމްއާނަށް އެރުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ޝަމްއާން އެ މަގާމަށް އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ.

މީގެކުރިން އިމިގްރޭޝަންގެ ކޮންޓްރޯލާ ކަމުގެ މަގާމުގައި ހުންނެވީ މުހައްމަދު އަހުމަދު (ހަނަފީ) އެވެ.

ޝަމްއާނަކީ ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރުމަށް ގާއިމްކުރި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ވޮލެންޓިއާ ކުރުމަށް ދެކޮޅު ހެދި ކަމަށް ބުނެ 2021 ވަނަ އަހަރު މޯލްޑިވްސް އިމިގްރޭޝަނުން ކަނޑާލި މުވައްޒަފެކެވެ. ނަމަވެސް ފަހުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ އޭނާ އަށް އަނބުރާ ވަޒީފާ ދިނުމަށް ހުކުމްކޮށްފައެވެ.

ހުކުމުގައި ވަނީ ޝަމްއާނަށް ވަޒީފާ ރުޖޫއަކޮށްދިނުމުގެ އިތުރުން، ވަޒީފާ އިން ވަކިކޮށްފައި ހުރި 11 މަސްދުވަހުގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވެސް އަމުރުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!