ޚަބަރު

ކަސްޓަމްސްގެ ވެރިއަކަށް މާނިއު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޔޫސުފް މާނިއު މުހައްމަދު އައްޔަންކުރައްވައިފިއެވެ.

Ads by MWSC

ކަސްޓަމްސްގެ ވެރިއަކަށް މާނިއު އައްޔަންކުރައްވާ މަގާމުގެ ލިޔުން ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އެ މަގާމަށް މާނިއު އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ރައީސްކަން ވެސް ކުރައްވާފައިވާ މާނިއު މީގެކުރިން ވަނީ އޮޑިޓާ ޖެނެރަލް އޮފީހާއި އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ ޝަރީފް ވަނީ ކަސްޓަމްސްގެ ހިދުމަތުން ރިޓަޔާ ކުރައްވާފަ އެވެ. ޝަރީފް މަގާމުން ރިޓަޔާ ކުރެއްވީ ކަސްޓަމްސް އަށް 28 އަހަރު ހިދުމަތް ކުރެއްވުމަށްފަހު އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!