ޖާބިރު ހުރި ތަނަކުން ހޯދާ، މަސްތުވާ ތަކެއްޗަށް ޓެސްޓު ކުރުމަށް ގޮވާލަން: ނާދިރާ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަސްތުވާ ތަކެއްޗަށް ޓެސްޓު ކުރުމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އިންތިގާލީ ނައިބު ރައީސާ އައިމިނަތު ނާދިރާ ފުލުހުންނަށް ގޮވާލައިފިއެވެ.
ނާދިރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޖާބިރު ހުރި ތަނަކުން ހޯދާ، މަސްތުވާތަކެއްޗަށް ޓެސްޓު ކުރުމަށް ފުލުހުންނަށް ގޮވާލައްވާ ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކޮވިޑަށް ފައްސި ވެފައިވާކަން އިއްޔެ ހާމަވުމުން، އެމަނިކުފާނު "ވަޅުލުމުގެ ކުރިން ކިނބިގަސްދޮށުގޭ ރެޖިސްޓްރީ ދޭން ވާނެ" ކަމަށް އެމްޕީ ޖާބިރު ވިދާޅުވެފައިވާ އޯޑިއޯއެއް ރޭގެ ވަގުތެއްގައިވަނީ މީސް މީޑިއާގައި އާންމު ވެފައެވެ.
އެއޯޑިއޯ ރައީސް މައުމޫނުގެ ދަރިކަލުން އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ގައްސާން މައުމޫން ވަނީ ޓްވިޓާގައި އެންމެންނަށް ހާމަަކޮށްފައެވެ.
ގައްސާންގެ އެޓްވީޓު ރީޓްވީޓު ކުރައްވަމުން ނާދިރާ ވިދާޅުވެފައިވަނީ މިޤައުމުގައި ބަނގުރާ ބޭނުން ކުރުމަކީ އާދައިގެ ކަމެއް ކަމުގައި ފެންނަނީ ޖާބިރު ފަދަ ބޭފުޅުންނާއި ހެދި ކަމަށެވެ.
ޖާބިރުގެ މިއޯޑިއޯއަށް ގިނަ ބައެއްގެ ނުރުހުން ލިބިފައިވީ ނަމަވެސް، އަނބިކަނބަލުން ދިޔާނާ ސައީދު ވަނީ ޖާބިރު ދިފާޢުކުރާ ފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. ގޮތުން ދިޔާނާ މިއަދު ވިދާޅުވެފައި ވަނީ ގައްސާނު އިސްކުރައްވަނީ ސިޔާސީ ފައިދާ ކަމަށާއި "ބައްޕާފުޅު ދޮށީ އުމުރުފުޅުގައި އަދި އާލާސްކަންފުޅާ އުޅުއްވަނިކޮށް ޖަލުގައި ބަންދުކޮށް ގައްސާނުމެން އަނިޔާ ދެމުން ދިޔައިރު ދިފާއުގައި ނިކުމެ ތިބީ" ދިޔާނާމެން ކަމަށެވެ.
ދިޔާނާ ވެސް