ސަރުކާރު

މި އަހަރުގެ މަސްވެރިންގެ ދުވަސް މާލޭގައި ފާހަގަ ކުރަން ނިންމަވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރޭގެ ޖަލްސާގައި ޝިޔާމް ވާހަކަފުޅު ދައްކަވަނީ

މި އަހަރުގެ މަސްވެރިންގެ ދުވަސް ވެރިރަށް މާލޭގައި ފާހަގަ ކުރާ ގޮތަށް ހަމަޖައްސަވައިފިއެވެ.

Ads by MWSC

މިކަން ހާމަ ކުރައްވައިފައިވަނީ ފިޝަރީޒް މިނިސްޓްރީން މިއަދު އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައެވެ.

އެ މިނިސްޓްރީން  ވިދާޅުވީ 43 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ އިހުތިފާލުތައް މާލޭގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ. މި އަހަރުވެސް މަސްވެރިންގެ ދުވަހާ ގުޅިގެން ތަފާތު ހަރަކާތްތަކެއް ރާވަމުން އަންނަ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރަނީ، ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން، ޒުވާން އަދި ތަޖުރިބާކާރު ކެޔޮޅުން ހޮވާ، ޚާއްޞަ އެވޯޑެއް ދިނުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމަވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!