ޚަބަރު

ބާޣީ ލުތުފީ މާދަމާ މިނިވަންވާނެ

ރައުފާ ރަޝީދު ، ދެން އޮންލައިން
ގިނަ ދުވަސްތަކެއް ވަންދެން ސްރީލަންކާގައި ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މާލެ ގެނައުން -- ފޮޓޯ: ސަން

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި، ބާޣީ އަބްދުﷲ ލުތުފީ މާދަމާ މިނިވަން ވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަށް ސާވިސް އިން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ލުތުފީ އަކީ ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދެވުނު އުދުވާނީ ހަމަލާއާއި ގުޅިގެން އުމުރު ދުވަހަށް ޖަލަށް ލާފައިހުރި މީހެކެވެ. ފިލައިގެން އަށް އަހަރު އުޅުމަށްފަހު ލުތުފީ ވަނީ މިއަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް ފުލުހުންނާ އަމިއްލަ އަށް ހަވާލުވެފައެވެ. އަދި ޖޫން މަހުގެ 9ވަނަ ދުވަހުގެ ރޭ ފުލުހުން ލުތުފީ އަނބުރާ ރާއްޖެ ގެނައިއިރު، މާލެ ގެނައި ގޮތަށް ފުލުހުން ވަނީ އޭނާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައެވެ.

ލުތުފީއަށް އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރުމުގެ މުއްދަތު އިތުރުވީ ފިލުމާއި ގުޅިގެންނެވެ. އެ މައްސަލާގައި ލުތުފީގެ މައްޗަށް ދައުވާ އުފުލުމުން ހަތް މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެ ހުކުމް ވެސް ތަންފީޒުކޮށް ނިމުމުން އޭނާ މުޅިން މިނިވަން ވާނެކަމަށް ކަރެކްޝަންސްއިން ވިދާޅުވިއެވެ. އެ މުއްދަތު މާދަމާ ހަމަވާނެއެވެ.

ތަމަޅައިންގެ ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ތިނެއް ނޮވެމްބަރުގައި ލުތުފީ އިސްވެހުރެ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!