ޚަބަރު އިޖުތިމާޢީ ސަރުކާރު

އާސަންދައިގެ އެމްޑީގެ މަޤާމަށް، ޒީނިއާ ހަމަޖައްސައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

އާސަންދައިގެ އާ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް، އައިމިނަތު ޒީނިއާ ހަމަޖައްސައިފިއެވެ.

Ads by MWSC

އާސަންދަ ކުންފުނިން މިއަދު ވިދާޅުވީ އެމްޑީގެ މަޤާމަށް މިއަދު އައްޔަނު ކުރި ޒީނިޔާ އެންމެ ފުރަތަމަ އާސަންދައާ ގުޅިވަޑައިގަތީ 2012 ވަނަ އަހަރު މެޑިކަލް ޑައިރެކްޓަރެއްގެ ގޮތުގައި ކަމަށެވެ.

ޒީނިޔާއަކީ އާސަންދަ ކުންފުނީގައި މަސައްކަތް ކުރައްވާތާ އެންމެ ގިނަދުވަސްވީ އެއް މުވައްޒަފު ކަމުގައިވާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެގޮތުން އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަޤާމުން ޖެނެރަލް މެނޭޖަރުގެ މަޤާމުގައި ހުންނަވަނިކޮށް މިއަދު އެމްޑީގެ މަޤާމަށް ޒީނިޔާ އައްޔަނު ކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ޒީނިޔާ ވަނީ އާސަންދަ ކުންފުނީގެ މެޑިކަލް ޑިޕާޓްމަންޓާއި އެވެއަރނެސް ޑިޕާޓްމަންޓާއި ކަސްޓަމަރ ސަރވިސް ސެކްޝަނާއި ޕަބްލިކް ރިލޭޝަންގެ އިތުރުން ބިޒްނަސް ޑިވެލޮޕްމަންޓް ސެކްޝަންގެ މަސައްކަތްތައްވެސް ބަލަހައްޓަވާފައެވެ.

އާސަންދަ ކުންފުންޏަށް ވަޑައިގެންނެވުމުގެ ކުރިން، ޒީނިޔާވަނީ ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހަބިލިޓޭޝަން (މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ) ގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމު އަދާކުރައްވާފައެވެ.

ޒީނިޔާ ވަނީ ދިގުމުއްދަތަކަށް ނަރުހެއްގެ އެކިއެކި މަޤާމުތަކުގައި ސެންޓްރަލް ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާފައެވެ. އަދި 2008 ވަނަ އަހަރު ޑަބްލިއު.އެޗް.އޯ އިން ލިބުނު ސްކޮލަރޝިޕެއްގައި، އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގްއިން މެންޓަލް ހެލްތު ނަރސިންގ އިން މާސްޓަރސް ޙާސިލް ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން، ހެލްތު މިނިސްޓްރީގެ ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީޒް ކޮންޓްރޯލް ޑިޕާޓްމަންޓްގައި، ޕަބްލިކް ހެލްތް ޕްރޮގްރާމްގެ ކޯޑިނޭޓަރގެ މަޤާމުވެސް ފުރުއްވާފައި ވެއެވެ.

ހޮސްޕިޓަލްގެ ކްލިނިކަލް މަސައްކަތް ދޫކުރައްވާ މެނޭޖްމަންޓް ދާއިރާއިން ކުރިއަށް ވަޑައިގެން ޒީނިޔާ ވަނީ 2019 ގައި ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑް، ބްރިސްޓޯލްއިން މާސްޓަރ އޮފް ސައިންސް އިން ޕަބްލިކް ހެލްތު ޙާސިލް ކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!