ޚަބަރު ސިޔާސީ

މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލުމަށް އާޒިމް ފޯމު ހުށަހަޅުއްވަނީ  

ޙައްވާ އިނާޝާ ، ދެން އޮންލައިން

އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް، އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރެއްވުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް މިއަދު ފޯމު ހުށަހަޅުއްވަން ނިންމަވައިފިއެވެ.

Ads by STELCO

މިކަން ހާމަކޮށް "ދެން އޮންލައިން" އަށް މަޢުލޫމާތު ހިއްސާކުރައްވަމުން އާޒިމް ވިދާޅުވީ އެމްޑީޕީގެ މޭޔަރު ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވުމަށް އެމްޑީޕީ އޮފީހަށް ވަޑައިގަންނަވާނީ މިއަދު ހަވީރު 04:30 ގައި ކަމަށެވެ.

މާލޭސިޓީގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަޤާމުގައި ކުރިން ހުންނެވި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރައީސްކަމަށް އިންތިޚާބުވުމުން އެ މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.

އާޒިމްގެ އިތުރުން މާލެ ސިޓީގެ މޭޔަރު ކަމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދުއާއި މިހާރު ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހް އަދި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް ވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

Ads by Allied Insurance
  1. ދޮށީބޭ

    ކުރިއަށްގެންދަވާ!ވޯޓްލާދުވަހު ވެއްޓިފާއޮވެއްޖެއްޔާ ޔަޤީނުންވެސް ހޮވާނެ.މަރުޙަބާ..