ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 28 މީހަކު ވަނީ ނިޔާވެފައެވެ.
141 ދިވެހިންނާއެކު މިއަދު އިތުރު 178 މީހަކު ކޮވިޑަށް ފައްސި ވެއްޖެ

މިއަދު އިތުރު 178 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ، މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 141 ދިވެހީންނާއި ބަންގްލަދޭޝްގެ 25 މީހަކާއި، އިންޑިއާގެ 10 މީހަކާއި ސްޕެއިންގެ ދެ މީހެއް ކަމަށެވެ.
މިއާއެކު ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ ވަނީ 7225 އަށް އަރައިފައެވެ.
އަދި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 4561 މީހަކު މުޅިން ރަނގަޅުވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 2،636 މީހެކެވެ.