ޚަބަރު

ޑިމޮކްރެޓްސްގެ ރައީސަކަށް ހަސަން ލަތީފް

ރައުފާ ރަޝީދު ، ދެން އޮންލައިން

ދަ ޑިމޮކްރެޓްސްގެެ އެތެރޭގެ އިންތިހާބުގައި އެޕާޓީގެ ރައީސް ކަމަށް ވާދަކުރި ހަސަން ލަތީފް ކާމިޔާބުކޮށްފިއެވެ.

Ads by Sosun Fihaara

ދަ ޑިމޮކްރެޓްސްގެެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ބާއްވާފައިވަނީ އިއްޔެއެވެ.

މިރޭ އިއުލާންކުރި ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ހަސަން ލަތީފަށް ވަނީ 1،704 ވޯޓް ލިބިވަޑައިގެންފައެވެ. ހަސަންއާ ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އަށް ލިބިވަޑައިގެންފައިވަނީ 1،300 ވޯޓެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިރޭ ވިދާޅުވީ އިއްޔެއާ ހިސާބަށް އެ ޕާޓީގައި ތިބީ 5083 މެންބަރުން ކަމަށާއި އޭގެ ތެރެއިން 3209 މެންބަރުން ވޯޓުލި ކަމަށެވެ.

މި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާންކުރިއިރު ރޭ އެކްސްގައި ހަސަން ލަތީފް ކުރެއްވި ޕޯސްޓެއްގައި ވަނީ ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތަކުން ދައްކާ ގޮތުން ބޮޑު ތަފާތަކުން އޭނާ ކުރީގައި އުޅުއްވާ ކަމަށް ވިދާޅުވެފައެވެ.

ހަސަންއާ ވާދަކުރެއްވި އަމްރު ވަނީ އެކްސްގައި އިންތިހާބުގެ ނަތީހާއާ ދޭތެރޭ ހިތްހަމަ ނުޖެހި ކަންބޮޑުވުންފާޅުކޮށްފައެވެ.

Ads by Ooredoo
  1. ފުރަތަމަ އިންތިހާބު ވެސް މިއޮތީ ސައްކުކުރެވި ނަތީޖާ އޮޅުވާލާފަ ދޯ!!!