މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީއާއި އެމްޑީޕީން ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ފަށައިފި

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ.
އެމްޑީޕީން ވިދާޅުވީ ކުރިއަށް ހުރި އިންތިހާބު ތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މި މަޝްވަރާތައް ކުރިޔަށްދާއިރު އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީއާއި އަދާލަތު ޕާޓީ ނިކުތީ ކޯލިޝަނެއްގެ ތެރެއިންނެވެ.
އަދާލަތު ޕާޓީއަކީ 2015 އަހަރުން ފެށިގެން އެމްޑީޕީއާއެކު ގިނަ ސިޔާސީ މަސައްކަތްތަކެއް ކޮށްފައިވާ ޕާޓީއެކެވެ. އަދި 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ދައުރު ނިމުމާ ހަމައަށް އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް މި ޕާޓީއާއެކު މަސައްކަތްކޮށްފައިވާ ސިޔާސީ ޕާޓީއެކެވެ.