ޚަބަރު ސިޔާސީ

ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޑރ. ޝާހް އައްޔަނު ކުރައްވައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން
ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޑރ. ޝާހް އަބްދުﷲ މާހިރު އިއްޔެ އައްޔަނު ކުރައްވައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި ޝާހް ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ކުރިން އޭނާ ވަނީ މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު އޭރު ހުންނެވި ޖުމްހޫރީ ޕާޓީންވެސް ވަކިވެވަޑައިގެން އިދިކޮޅު ސިޔާސީ ޕާޓީއެއް ކަމަށްވާ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައެވެ.

Ads by Hajj Corporation

ލަންޑަންގެ އިންޕީރިއަލް ކޮލެޖް އޮފް ސައިންސް، ޓެކްނޮލޮޖީ އެންޑް މެޑިސިންގައި މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ޝާހް، 2002 ވަނަ އަހަރު އޭނާގެ އެމްބީބީއެސް ނިންމެވީވެސް އެ ޔުނިވާސިޓީ ގައެވެ.
އިންގްލެންޑްގެ ޖެނަރަލް މެޑިކަލް ކައުންސިލްގެ ލައިސަންސް ވެސް އޮންނަ ޝާހް ވަނީ ލަންޑަންގެ އެކި ހޮސްޕިޓަލުތަކުގައިވެސް މަސައްކަތް ކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!