ޚަބަރު ސަރުކާރު

އުންމީދަކީ ގެދޮރުގެ ދަތިކަމުން އެންމެ ދިވެއްސަކު ވެސް ކަރުނަ އަޅަން ނުޖެހޭނެ ޒަމާނެއް ގެނެސްދިނުން: ރައީސް މުޢިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

އުންމީދަކީ ގެދޮރުގެ ދަތިކަމުން އެންމެ ދިވެއްސަކު ވެސް ކަރުނަ އަޅަން ނުޖެހޭނެ ޒަމާނެއް ގެނެސްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމަނިކުފާނު މިފަދައިން ވިދާޅުވީ ކަންގަތިކޮލި އެވޯޑް 2023 ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ކަމަކީ ބޯހިޔާވަހިކަމަށް ހައްލެއް ލިބުން ކަމަށެވެ. އަދި އެންމެ ގިނައިން ދައްކާފައިވާ ވާހަކައަކީ ކުދިކުދި ގޮޅިގޮޅީގައި ތިންހަތަރު ކުދިން ގޮވައިގެން ނިދައި ކައިބޮއި ހެދުމުގެ ތަކުލީފުގެ ވާހަކަ ކަމަށާއި އެކަމަށް ހައްލެއް ހޯދައި ދެއްވާނެ ކަމަށެވެ.

”އަޅުގަނޑު ނިންމީ ފުށިދިއްގަރު ފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢެއް އަޅުގަނޑުގެ ވެރިކަމުގެ ފުރަތަމަ 14 ހަރުތާގެތެރޭގައި ފަށަން. އެއީ މިހާރު މި އޮތް ހުޅުމާލޭގެ ތިން ހުޅުމާލެ ވަރުގެ ތަނެއް. އޭގެ އިތުރަށް ގިރާވަރު ފަޅާއި ގުޅިފަޅު ހިއްކައި އެންމެ ޒަމާނީ ފެންވަރުގައި އާ ޝަހަރުތަކެއް ދިވެހީންގެ ޙަޔާތަށް ހަދިޔާކުރެވޭނެ” ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ތަފާތު އެކި ކަންކޮޅުތަކުގައި ގެދޮރުވެރިކަމުގެ ބިޔަ އެތައް މަޝްރޫޢެއް ހިންގާނެ ކަމަށާއި މަޤުޞަދަކީ ގެދޮރުގެ ދަތިކަމުން އެންމެ ދިވެއްސަކު ވެސް ކަރުނަ އަޅަން ނުޖެހޭނެ ޒަމާނެއް ދިވެހީންނަށް ގެނެސްދިނުން ކަމަށެވެ.

އަދި އެންމެ ޒަމާނީ ސިޓީތަކަށް ދިވެހީންގެ އާ ޖީލުގެ ދިރިއުޅުން ބަދަލުކޮށްލުން ކަމަށާއި ނަމަވެސް އެ ކަންކަން ކުރެވޭނީ ބަޖެޓު ލިބިގެން ކަމަށް ރައީސް ވިދާޅުވިއެވެ. ކޮންމެ ފަސް އަހަރަކުން އެއްފަހަރު ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ރައްޔިތުން ސަލާންޖަހަން ޖެހޭ ޖެހުން ނިމުމަކަށް ގެންނާނެ ކަމަށާއި އަބަދުވެސް ހުންނާނީ ރައްޔިތުންނާ އެއްކޮޅަށް ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

  1. ޢިސްތިއުފާ

    މުއިއްޒު ރައީސް ޔާމީނަށް އޮތް ތާއީދު ދެކެ ބިރުން ބަނޑުއަކިރި ސިޔާސީ މީހުން އެއީ ސިޔާސީ ބޮޑުންގެ ގޮތުގައި ހަދައިގެން އުޅެނީ ގާސި.މް އިބްރާހިމް އަކީ ސިޔާސީ ބަނޑުއަކިރިއެކޭ އޭނާ އަށް 1 ހާސް ވޯޓް މުޅި ރާއްޖޭގައި އަތް ފުނާ އަޅައިގެން ވެސް ނުލިބުނު ދެން ތިޔާ އަލީ އާރިފް އެއީ ދެން ކާކުތޭ އޭނާ ބުނި ގާސިމް އިބްރާހިމް ހޮވޭނެއޭ ނުހޮވުނީމާ މުއިއްޒު ފަދަ ދެއުއިޅި އެއް ނުވާ ސިޔާސީ ބަނޑުއަކިރިއެއް ކަމުން އޭނާ ބޯކާލެވުނީ ޔާންޓޭ ނަމަ އަލީ އާރިފަށް ބޯންދޭނީ

  2. އެއްލާލާ

    މުއިއްޒު ނުކުރެއޭ އެއްވެސް މަސައްކަތެއް އޭނާ ކުރާ ކަމަކީ ދުވާލަކު 8 ހާސް ސްޓޭޓް މިނިސްޓަރުންނަށް ވަޒީފާދީފައި ކޮންމެ މީހަކަށް މަހަކު ދައުލަތުގެ ބަޖެޓުން 4 ލައްކަރުފިޔާ ދީފައި ނާޗަރަނގީއޭ ތަޅަނީ އޭނާގެ އަންހެނުންނާއި އޭނާ ވެގެން އޭނާގެ އަންހެނުން އެއީ ކާކު ހޮވައިގެން އުޅޭ މީހެއް ކަން ވެސް އިނގޭ މަޚްލޫގެއް މިރާއްޖެއަކު ނެތޭ އޭނާ ޖެހޭނީ އަޒުލް ކުރަން އަދި ހުރިހާ ވަޒީރުންނަށް ރުހުން ނުދިނުން އެއީ ދިވެހި ގައުމު ލަންކާ ދިޔަ ދަރަޖަ އަށް ނުގޮސް ސަލާމަތް

  3. ޢިސްތިއުފާ

    ރައްޔިތުންގެ މަޖްލީހުން ކުރާ ކަންކަމާއި މުއިއްޒުއަށް ނުބެހެވޭނެއޭ ވައުދާއި ޚިލާފުވެ ރައީސް ޔާމީން މިނިވަން ނުކޮށް ދެން ކޮން އޮޅުވާލުމެއް އޮޅުވާލަންތޭ އަދުރޭ އާއިލާ އިން ބުނާ މީހުންނާއި މުއިއްޒު އަންހެނުން ބުނާ މީހުންނަށް ވަޒީރުކަން ދޭކަށް ނޫނޭ ރައްޔިތުން ވޯޓްދިނީ މުއިއްޒު އިސްތިއުފާ މުއިއްޒު މިހާރު އެދަނީ ސީދާ ގޭންގް ވެރިކަމެއް ކުރަމުންނޭ އެއީ އަދުރެމުއިއްޒު ގޭންގް މުއިއްޒު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  4. ނެތޭނެތޭނެތޭ

    ތިޔާގި ކަމަކީ އެއީ ހުސްގޮނޑި އެއް ދައްކައިގެން މަކަރާއި ހީލަތުން ވެރިކަމަށް އައިސް ވެރިކަމަށް އަންނަން އެންޑޯރޒް ކުރި މީހާ އަށް ޚިޔާނާތްތެރި ވެފައި ގާސިމް އިބްރާހިމް ފަދަ މީހުން ވަކިކޮޅެއް ނުނަގާ ތިބި މީހުންނާއި އެކު ސިއްރު ޑީލް ތައް ހެދުންތޭ ގދ. ކާޑެއްދޫ އެއާރޕޯރޓް ވިލާގެ ބަނޑުދަށުގައި އޮންނަތާ 15 އަހަރުވީއޭ އެތަނުގެ ތަރައްގީ އަށް ބެހެެއްޓި ގަލެއް ވެސް ނެތޭ ދެން ކީކިމިނި ރަށުން ދެބުރި ކޮށްގެން އާގުބޯޓް ފަހަރަށް ވަދެވޭ ގޮތަށް ހަދައިގެންކުރާކަމެއް ނެތޭނެތޭ

  5. ނުދޭތި

    މުއިއްޒު ރައްޔިތުންނަށް ވީ އެންމެ ބޮޑު ވައުދު ތަކުގެ ތެރޭގައި ހިމެނޭ ރައީސް ޔާމީން މިނިވަން ކުރުން ނުކޮށް އެކަމަށް ޚިޔާނާތްތެރިވެ އަދި އޭނާ އަށް ވޯޓް ދިން އެންމެނަށް ޚިޔާނާތްތެރިވެފައިވާތީއޭ މުއިއްޒުގެ ސަރުކާރުގެ ލެޖިޓިމެސީ ވަނީ ގެއްލިފައޭ ދެން މުއިއްޒު އައްޔަން ކުރާ ވަޒީރުން އެނުވާނެ ލެޖިޓިމޭޓް ވަޒީރުންނަށް އެހުރިހާ ވަޒީރުންނަށް ގަނޑުކޮށް ރުހުންދޭން ނުފެންނަ ކަމަށް ބަލާލި ކޮންމެ ދިމާލަކުން ފެނެއޭ އެންމެން އެވަނީ ފެއިލްވެފައޭ ރުހުންނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި