ޚަބަރު ސަރުކާރު

ރައީސްގެ ބަހުގެ ހަމަލާއެއް މަޖިލީހަށް: ތަރައްގީއަށް ނޫނެކޭ ބުނުމުގެ ހައްގެއް ނޯންނާނެ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ ތަރައްގީއަށް ނޫނެކޭ ބުނުމުގެ ހައްގު ރައްޔިތުން މުސާރަދޭ އެއްވެސް މީހަކަށް ލިބިގެނެއްނުވާ ކަމަށް ބުނެ ރައީސް ޑރ މުހައްމަދު މުއިއްޒު، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހަށް ބަހުގެ ހަމަލާ ފޮނުއްވައިފިއެވެ.

Ads by MWSC

މިރޭ ''ކަންގަތިކޮޅު އެވޯޑް 2022" ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރާއްޖެއަށް ފަތުރުވެރިކަމުގެ ތިޔާގިކަން ލިބުނީ އެމަނިކުފާނާ އެއްކޮޅަށް މަޖިލީސް އޮތުމުން ކަމަށެވެ.

އެއަށް ފަހު ރައީސް ކުރެއްވީ ސުވާލެކެވެ.

''ފާފު އަތޮޅުގައި ސައުދީ ސަރުކާރުން ހިންގަވަން އުޅުއްވި ބިޔަ މަޝްރޫޢު ހިންގުނު ނަމަ، ހުޅުލޭ އެއަރޕޯޓާ އަޅާ ބަލާއިރު ކިތައް ގުނައިގެ ތިޔާގި ކަމެއް ރާއްޖެއަށް ލިބޭނެތޯ؟ ބޭރުފައިސާގެ ތިޔާގިކަން. ވަޒީފާގެ ތިޔާގިކަން. ތަޢުލީމު. މަސައްކަތް. ހުނަރު.''

އެމަނިކުފާނު ވިދާޅުވި ގޮތުގައި އައި ހެވަން މަޝްރޫ އަކީ ވަރަށް ބޮޑު ބިޔަ މަޝްރޫއުއެކެވެ. އެއީ ރާއްޖޭގެ ކަނޑު މެދުވެރިކޮށް ދުނިޔޭގެ ދެކޮޅަށް ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރާ ގުޅިފައިވާ ބިޔަ ބަނދަރެއްގެ މަޝްރޫއެއް ކަމަށާއި މިއަދު ސިންގަޕޫރު ސިންގަޕޫރަކަށް ވީ އެ ގައުމުގައި ހުޅުވުނު އެ ފަދަ ބަނދަރެއްގެ ސަބަބުން ކަމަށެވެ.

''އެ ތަނަށް އޮހުނު މުއްސަނދިކަމެއްގެ ސަބަބުން. އަޅުގަނޑު މި ދެއްކީ އެތައް ބިލިޔަން ޑޮލަރެއްގެ ބިޔަ މަޝްރޫޢުތަކުގެ ވާހަކަ. ހަތަރު ލައްކައެއްހައި ދިވެހީން ދިރިއުޅޭ މި ރާއްޖޭއަށް މި ފަދަ ތަރައްޤީއެއް ގެންނަށް އަޅުގަނޑުމެން ހުރިހައި ދިވެހީންނަށް އެބަސް ވެވިއްޖެ ނަމަ، ދިވެހީން ތިބޭނެ ހިސާބު ހިތްޕުޅަށް ގެންނަވާ'' ރައީސް ވިދާޅުވިއެވެ.

''މިއިން އެއްވެސް ކަމެއް ހާސިލުނުވެ ކޮންމެ ފަސް އަހަރަކުން ދިވެހީން ވޯޓުލާން މި ޖެހެނީ ކީއްވެތޯ؟ ދިވެހި އާންމު ރައްޔިތު މިހާއަށް މި ގައުމުގައި އޮތް ހަމައެކަނި ހައްގަކީ ވޯޓުމުގެ ހައްގުތޯ؟ ތިޔާގިކަމާއި މުއްސަނދިކަމަކީ އެ ވޯޓުން ހޮވޭ މީހުންގެ މިލްކެއްތޯ؟'' ރައީސް ސުވާލުތަކެއް ކުރެއްވިއެވެ.

އެއީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާނެ ގޮތެއް ނޫން ކަމަށާއި ރައްޔިތުންގެ އެ ފަދަ ހައްގުތަކަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމެއް ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އެއީ ގާނޫނާ ވެސް ހިލާފުކަމެކެވެ.

''އެހެންވީމާ އާންމު ރައްޔިތުންގެ އުފާވެރިކަމަށް ހުރަސްއަޅާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ. އަޅުގަނޑު މި ކަމުގައި ވެސް އަޅުގަނޑުގެ ގާނޫނީ ވާޖިބު އަދާކުރާނަން. ރައްޔިތުންގެ ތަރައްގީއަށް ނޫނެކޭ ބުނުމުގެ ހައްގު ރައްޔިތުން މުސާރަދޭ އެއްވެސް މީހަކަށް ލިބިގެނެއްނުވޭ'' ރައީސް ވިދާޅުވިއެވެ.

Ads by Ooredoo
  1. ވަގުންނޭ

    މުއިއްޒު ރައީސް ޔާމީނަށް އޮތް ތާއީދު ދެކެ ބިރުން ބަނޑުއަކިރި ސިޔާސީ މީހުން އެއީ ސިޔާސީ ބޮޑުންގެ ގޮތުގައި ހަދައިގެން އުޅެނީ ގާސި.މް އިބްރާހިމް އަކީ ސިޔާސީ ބަނޑުއަކިރިއެކޭ އޭނާ އަށް 1 ހާސް ވޯޓް މުޅި ރާއްޖޭގައި އަތް ފުނާ އަޅައިގެން ވެސް ނުލިބުނު ދެން ތިޔާ އަލީ އާރިފް އެއީ ދެން ކާކުތޭ އޭނާ ބުނި ގާސިމް އިބްރާހިމް ހޮވޭނެއޭ ނުހޮވުނީމާ މުއިއްޒު ފަދަ ދެއުއިޅި އެއް ނުވާ ސިޔާސީ ބަނޑުއަކިރިއެއް ކަމުން އޭނާ ބޯކާލެވުނީ ޔާންޓޭ ނަމަ އަލީ އާރިފަށް ބޯންދޭނީ

  2. ޢިސްތިއުފާ

    ރައްޔިތުންގެ މަޖްލީހުން ކުރާ ކަންކަމާއި މުއިއްޒުއަށް ނުބެހެވޭނެއޭ ވައުދާއި ޚިލާފުވެ ރައީސް ޔާމީން މިނިވަން ނުކޮށް ދެން ކޮން އޮޅުވާލުމެއް އޮޅުވާލަންތޭ އަދުރޭ އާއިލާ އިން ބުނާ މީހުންނާއި މުއިއްޒު އަންހެނުން ބުނާ މީހުންނަށް ވަޒީރުކަން ދޭކަށް ނޫނޭ ރައްޔިތުން ވޯޓްދިނީ މުއިއްޒު އިސްތިއުފާ މުއިއްޒު މިހާރު އެދަނީ ސީދާ ގޭންގް ވެރިކަމެއް ކުރަމުންނޭ އެއީ އަދުރެމުއިއްޒު ގޭންގް މުއިއްޒު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  3. ނުދޭތި

    މުއިއްޒު ރައްޔިތުންނަށް ވީ އެންމެ ބޮޑު ވައުދު ތަކުގެ ތެރޭގައި ހިމެނޭ ރައީސް ޔާމީން މިނިވަން ކުރުން ނުކޮށް އެކަމަށް ޚިޔާނާތްތެރިވެ އަދި އޭނާ އަށް ވޯޓް ދިން އެންމެނަށް ޚިޔާނާތްތެރިވެފައިވާތީއޭ މުއިއްޒުގެ ސަރުކާރުގެ ލެޖިޓިމެސީ ވަނީ ގެއްލިފައޭ ދެން މުއިއްޒު އައްޔަން ކުރާ ވަޒީރުން އެނުވާނެ ލެޖިޓިމޭޓް ވަޒީރުންނަށް އެހުރިހާ ވަޒީރުންނަށް ގަނޑުކޮށް ރުހުންދޭން ނުފެންނަ ކަމަށް ބަލާލި ކޮންމެ ދިމާލަކުން ފެނެއޭ އެންމެން އެވަނީ ފެއިލްވެފައޭ ރުހުންނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި