ޚަބަރު ސަރުކާރު

ޖިފުޓިތަކެއްގައި ދިވެހިން ބައިތިއްބައިފައި ތިބި ތިބުމަށް ދާއިމީ ނިމުމެއް ގެންނާނަން: ރައީސް މުޢިއްޒު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ބައިތިއްބައިފައި މި ތިބި ތިބުމަށް ދާއިމަށް ނިމުމެއް ގެންނާނަން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް އެހެން ވިދާޅުވީ ''ކަންގަތި ކޮލި އެވޯޑް 2022'' ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވީ ކެމްޕޭނުގެ ދުވަސްވަރު ރައްޔިތުން އެމަނިކުފާނާ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކުރި ކަމަށެވެ. އޭގެ ތެރެއިން ވަކި ޕާޓީއެއް ތަފާތު ނެތި، އެންމެ ގިނަ ރައްޔިތުން ދެއްކެވި އެއް ވާހަކައަކީ ބޯހިޔާވަހިކަމުގެ ވާހަކަ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުދިކުދި ގޮޅިގޮޅީގައި ތިންހަތަރު ކުދިން ގޮވައިގެން ނިދައި ކައިބޮއި ހެދުމުގެ ތަކުލީފުގެ ވާހަކަ ވަރަށް ގިނައިން އަޑުއައްސަވާފައިވާ ކަމަށެވެ. 

''އެ ދިރިއުޅުމުގެ އަރާމެއްނެތް ވާހަކަ. އަބަދާއަބަދުކުރެވޭ ނިކަމެތި ހިތްދަތި އިހްސާސްތަކުގެ ވާހަކަ. އެ މަންމައިންގެ ލޮލުން އޮހުނު ކަރުނާ، އެ ވަގުތު ހިތްތަކަށް ކޮށްފައިވާ އަސަރު، އަޑުގައި ހުރި ވޭނާއި ރިހުން މި ހިނދު މި ތަންވަޅު ވެސް ހަމަ ވީޑިއޯ ފީތާއެއްހެން އަޅުގަނޑުގެ ސިކުނޑީގައި އެބަ ހުޅުވި ދައުރުވޭ'' ރައީސް މުއިއްޒު ވިދާޅުވިއެވެ. 

އެކަމުގެ ސަބަބުން ފުން އަސަރެއް ކުރި ކަމަށާއި ފުށިދިއްގަރު ފަޅު ހިއްކުމުގެ ބިޔަ މަޝްރޫއު އަކީ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ފެށި މަޝްރޫއުއެއް ކަމަށް ވިދާޅުވިއެވެ. އެތަނަކީ ހުޅުމާލޭގެ ތިން ހުޅުމާލެ ވަރުގެ ތަނެއް ކަމަށާއި އޭގެ އިތުރަށް ގިރާވަރު ފަޅާއި ގުޅިފަޅު ހިއްކައި އެންމެ ޒަމާނީ ފެންވަރުގައި އާ ޝަހަރުތަކެއް ދިވެހީންގެ ހަޔާތަށް ހަދިޔާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ތަފާތު އެކި ކަންކޮޅުގައި ވެސް ގެދޮރުވެރިކަމުގެ ބިޔަ އެތައް މަޝްރޫއެއް ހިންގޭނެ ކަމަށާއި މަގުސަދަކީ ގެދޮރުގެ ދަތިކަމުން އެންމެ އެންމެ ދިވެއްސަކު ވެސް ކަރުނައެއް އަޅަން ނުޖެހޭނެ ޒަމާނެއް ދިވެހީންނަށް ގެނެސްދިނުން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މަޖިލީހުގެ ބަޖެޓުން އެކަން އުނިކޮށްލުމުން އެކަމާއި ހިތާމަކުރައްވާކަން ރައީސް ފާހަގަކުރެއްވިއެވެ. 

''އެއީ ދިވެހިރައްޔިތުންނާ އެއްކޮޅަށް ނިންމި ނިންމުމެއްތޯ؟ އެއީ ދިވެހި ޤައުމާ އެއްކޮޅަށް ނިންމި ނިންމުމެއްތޯ؟ އެއީ ދިވެހީންގެ އަންނަން އޮތް ޖީލުތަކާ މި އަދު މާކަނޑުން ގެވަޅުދީފައި އެ ތިއްބެވި ދިވެހި ލޮބުވެތި ރައްޔިތުންނާ އެއްކޮޅަށް ނިންމި ނިންމުމެއްތޯ؟ އެކަމަކު ދިވެހީންގެ ރައްޔިތުންގެ މަޖިލީހުން އެ ނިންމުން އެ ވަނީ ނިންމާފާ'' ރައީސް މުއިއްޒު ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވީ ރަސްމާލެ މަޝްރޫއު ފަށަން ޖެހުނީ ދަތި އުނދަގޫ މަގަކުން ކަމަށެވެ.

''ކޮންމެ ފަސް އަހަރަކުން އެއްފަހަރު ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ސަލާންޖަހާން ނިކަމެތި ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ބައިތިއްބައިފައި މި ތިބި ތިބުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާއިމަށް ނިމުމެއް ގެންނާނަން'' ރައީސް، ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ އެމަނިކުފާނު އަބަދުވެސް ހުންނަވާނީ ރައްޔިތުންގެ ފަޅީގައި ކަމެވެ.

Ads by Ooredoo
  1. ބަލާށޭ

    ރާއްޖެ ދެވަނަ ލަންކާ އަށް ބަދަލުކޮށްލުމުގެ ކުރިން ސަލާމަތް ކޮށްދެވޭނީ ހަމައެކަނި އެމްޑީޕީއަށޭ ހެޔޮނުވާނެ މިތިބަ ވަޒީރުންނަށް ރުހުންދޭން މާލޭގެ ބާރުބޮޑު ހަނި ގޯޅި ތަކުގައިވެސް ބާރަށް ސައިކަލް ދުއްވާއިރު އެކަން ދާޚިލީ ވަޒީރަށް ނުފެނޭ ފައިސާ ނަގާ މެޝިން ގާތު ސަލާމް ޖަހަން އޮންނަ މީހާގެ އުނދަގޫ ވެސް އިންތިހާ އަށް ބޮޑު ފައިސާ ނަގާ މީހުންނަށް އެކަމަކު މިކަން ޕޮލިހުންނުހުއްޓުވާ ބޭރު މީހުން ކުރިމަތީގައި ރާއްޖޭގެ އަގު ވެއްޓޭއިރުވެސް ވަޒީރަށް ނުފެނެއޭ

  2. ކުރާށޭ

    މުއިއްޒު އަޒުލްކުރޭ އޭނާ ވަނީ ވައުދާއި ޚިލާފުވެ ރައީސް ޔާމީނަށް އަނިޔާވެރިވެފައޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ އޭނާ ވަނީ ވައުދާއި ޚިލާފުވެ ރައީސް ޔާމީނަށް އަނިޔާވެރިވެފައޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ އޭނާ ވަނީ ވައުދާއި ޚިލާފުވެ ރައީސް ޔާމީނަށް އަނިޔާވެރިވެފައޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ އޭނާ ވަނީ ވައުދާއި ޚިލާފުވެ ރައީސް ޔާމީނަށް އަނިޔާވެރިވެފައޭ މުއިއްޒު އަޒުލްކުރޭ

  3. ގައްދާރު

    މުއިއްޒު އެއީ ގައްދާރެކޭ މުއިއްޒު އެއީ މުނާފިގެކޭ މުއިއްޒު އެއީ ގައްދާރެކޭ މުއިއްޒު އެއީ މުނާފިގެކޭ މުއިއްޒު އެއީ ގައްދާރެކޭ މުއިއްޒު އެއީ މުނާފިގެކޭ މުއިއްޒު އެއީ ގައްދާރެކޭ މުއިއްޒު އެއީ މުނާފިގެކޭ މުއިއްޒު އެއީ ގައްދާރެކޭ މުއިއްޒު އެއީ މުނާފިގެކޭ މުއިއްޒު އެއީ ގައްދާރެކޭ މުއިއްޒު އެއީ މުނާފިގެކޭ މުއިއްޒު އެއީ ގައްދާރެކޭ މުއިއްޒު އެއީ މުނާފިގެކޭ މުއިއްޒު އެއީ ގައްދާރެކޭ މުއިއްޒު އެއީ މުނާފިގެކޭ މުއިއްޒު އެއީ ގައްދާރެކޭ މުއިއްޒު އެއީ މުނާފިގެކޭ މުއިއްޒު އެއީ ގައްދާރެކޭ މުއިއްޒު އެއީ މުނާފިގެކޭ މުއިއްޒު އެއީ ގައްދާރެކޭ މުއިއްޒު އެއީ މުނާފިގެކޭ މުއިއްޒު އެއީ ގައްދާރެކޭ މުއިއްޒު އެއީ މުނާފިގެކޭ މުއިއްޒު އެއީ ގައްދާރެކޭ މުއިއްޒު އެއީ މުނާފިގެކޭ މުއިއްޒު އެއީ ގައްދާރެކޭ މުއިއްޒު އެއީ މުނާފިގެކޭ މުއިއްޒު އެއީ ގައްދާރެކޭ މުއިއްޒު އެއީ މުނާފިގެކޭ މުއިއްޒު އެއީ ގައްދާރެކޭ މުއިއްޒު އެއީ މުނާފިގެކޭ މުއިއްޒު އެއީ ގައްދާރެކޭ މުއިއްޒު އެއީ މުނާފިގެކޭ

  4. ނުދޭތި

    މުއިއްޒު ރައްޔިތުންނަށް ވީ އެންމެ ބޮޑު ވައުދު ތަކުގެ ތެރޭގައި ހިމެނޭ ރައީސް ޔާމީން މިނިވަން ކުރުން ނުކޮށް އެކަމަށް ޚިޔާނާތްތެރިވެ އަދި އޭނާ އަށް ވޯޓް ދިން އެންމެނަށް ޚިޔާނާތްތެރިވެފައިވާތީއޭ މުއިއްޒުގެ ސަރުކާރުގެ ލެޖިޓިމެސީ ވަނީ ގެއްލިފައޭ ދެން މުއިއްޒު އައްޔަން ކުރާ ވަޒީރުން އެނުވާނެ ލެޖިޓިމޭޓް ވަޒީރުންނަށް އެހުރިހާ ވަޒީރުންނަށް ގަނޑުކޮށް ރުހުންދޭން ނުފެންނަ ކަމަށް ބަލާލި ކޮންމެ ދިމާލަކުން ފެނެއޭ އެންމެން އެވަނީ ފެއިލްވެފައޭ ރުހުންނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި