ޚަބަރު

އިހި ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން ހޯދަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން
އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި މީހަކު ގެއްލިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެމީހާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައި ވަނީ ރޭ 22:10 ހާއިރު އެވެ.
އެމްއެންޑީއެފުން ބުނީ މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން ގެއްލިފައި ވަނީ އުމުރުން 18 އަހަރުގެ ސ.މަރަދޫ ކުރެދުމާގޭ، މުޙައްމަދު ނައީޝް ކަމަށެވެ.
ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއް ކަމަށް ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އެމްއެންޑީއެފުން ބުނީ ގެއްލުނު ޒުވާނާ ހޯދުމުގެ މަސަައްކަތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" އާއި "ހާބަރކްރާފްޓް 105"، ޑައިވަރުންގެ ޓީމަކާއެކު މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެމްއެންޑީއެފުން ވަނީ ގެއްލުނު ޒުވާނާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެދިފައެވެ. އަދި އޭނާގެ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅާ ހިއްސާކުރުމަށް އެދިފައި ވެއެވެ.

Ads by Sosun Fihaara
Ads by Ooredoo
  1. އެއްލާލާ

    ފުރަތަމަ ކަމަކީ އައްޑޫ ގަމާއި އަދި ގަމުގެ ވަށައިގެންވާ ފަރު ތަކަކީ އެއީ އާންމު ރައްޔިތުންނަށް ދިއުން މަނާ ތަންތަން ދެން މަނާ ކަމެއް ކުރަން އުޅުމުން ވާނެ ހަތަރެތި ތިއޮތްގެން ވަނީއޭ ގޯހެއް ނޫނޭ ދެން ސަރުކާރުގެ ބެޖެޓުން މިކަމަށް މިލިއަނުން ޚަރަދުކުރަން ނުޖެހޭނެއޭ އޭނާގެ މައިންބަފައިން ކަމެއް އޭނާ ހޯދުމަކީ އެއީ ސަރުކާރާއި ބެހޭ ކަނެއް ނޫނޭ