ޚަބަރު

ގެއްލިގެން ހޯދަމުންދާ ޒުވާނާ ހޯދަމުން ދަނީ ދިވެހި ސިފައިން, މޯލްޑިވިއަން އެއަރކްރާފްޓެއްގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި ޒުވާނާ ހޯދުމުގެ މަސައްކަތް ދިވެހި އަސްކަރިއްޔާއިން ފަށައިފިއެވެ.

Ads by Sosun Fihaara

އެމްއެންޑީއެފް އިން ބޭނުން ކުރަމުންދަނީ އައްޑޫގައި ހުންނަ މޯލްޑިވިއަންގެ ފްލައިން އެކަޑަމީގައި ބޭނުން ކުރަމުން އަންނަ އެއަރކްރާޓެވެ.

މީގެ ކުރިން މިފަދަ އޮޕަރޭޝަންތަކުގައި ބޭނުން ކުރަމުން އަންނަ އިންޑިއާގެ ސިފައިން ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ ހެލިކޮޕްޓަރާއި ޑޯނިޔާއެވެ. މި ސަރުކާރުން ވަނީ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން ރާއްޖޭގައި ޤާއިމްވެ ތިބި ސިފައިން އަނބުރާ ފޮނުވާލަން ނިންމާ, އެކަން އިންޑިއާ ސަރުކާރަށް އަންގާފައެވެ.

ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން ގެއްލިފައިވަނީ އުމުރުން 18 އަހަރުގެ ސ. މަރަދޫ ކުރެދުމާގޭ، މުޙައްމަދު ނައީޝްއެވެ. ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމް.އެން.ޑީ.އެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ގެއްލުނު ޒުވާނާ ހޯދުމުގެ މަސަައްކަތުގައި، ވައިގެ މަގުގެ އިތުރުން އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" އާއި "ހާބަރކްރާފްޓް 105"، ޑައިވަރުންގެ ޓީމަކާއެކު މިހާރު އެ ސަރަޙައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ނައީޝާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެމް.އެން.ޑީ.އެފުން އެދެއެވެ. އަދި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައިގެން ހިއްސާކުރުމަށްވަނީ އެދިފައެވެ.

  1. ހުސޭނުބެ

    އިންޑިޔާ އައުޓް! އިންޑިޔާ އައުޓް! އިންޑިޔާ އައުޓް!

  2. ވަގުންނޭ

    ލަންކާ އަކު ނުހުންނާނެ ރާއްޖޭގެ ފުށިދިއްގަރު ފަޅު ހިއްކުމުގެ ފަންނީ ގާބިލް ކަމާއި މާލީ ގާބިލް ކަން ހުރި އެންމެ ކުންފުންނެއް ވެސް ލަންކާ ސަރުކާރަށް ވެސް މިކަން ނުވާނެއޭ ލަންކާގެ ތިޔާ ބުނާ ކުންފުންނަކީ އެއީ ގުޅިފަޅު ނަގައިގެން ގުޅިފަޅު ހިއްކަން އުޅުނު މީހުންނޭ އެމެންނަށް 5 އަހަރުވީއިރު ވެސް ގުޅިފަޅުން 2 ހެކްޓަރުގެ ބިން ނުހިއްކުނޭ ދެން އެމެން އިބޫގެ ވެރިކަމުގައި ރާއްޖެ އަށް އައިސް ހުޅުމާލެ އެހިއްކަނީ އެއީ ސީދާ އެމްޓީސީސީގެ މެޝިންތަކުންނޭ އެކުރަނީ ސީދާ ބޮޑެތިވައްކަމޭ ލަންކާ ކުންފުންނެއްތޭ ހަމަވަގުން ތިބޭނީ މުޅިން ވެސް ލަންކާ ސީއެމްސީ ކުންފުނިން އެކުރަނީ ސީދާ ބޮޑެތި ވައްކަމޭ އެއީ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ